Mulimuna dhekolhu Lanka haamudhurah ma'aaf dheefi
image
ބުޑިސްޓް ހާމުދުރު ގަލަގޮޑަ އާތޭނިއާ ނަސާރަ ތީރޯ
ސީއެންއެމް
0 ކޮމެންޓް
 

މުސްލިމުންނާ ދެކޮޅު ލަންކާ ހާމުދުރަށް މައާފުދީފި

ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބުޑިސްޓް ހާމުދުރު ގަލަގޮޑަ އާތޭނިއާ ނަސާރަ ތީރޯ އަށް މައާފް ދީފިއެވެ.
ހާމުދުރު ގަލަގޮޑަ އާތޭނިއާ ޖަލަށް ލާފައިވަނީ 2016 ވަނަ އަހަރު އެވެ. އޭނާއަށް ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވަނީ މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ހަރަކާތްތައް ހިންގުމުގެ އިތުރުން ކޯޓްގެ ހުރުމަތް ކެނޑި މައްސަލައެއްގައެވެ.

ހާމުދުރު ގަލަގޮޑަ އާތޭނިއާ އަކީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އެތައް ހަރަކާތެއް މީގެ ކުރިން ހިންގާފައިވާ ބޮޑު ބަލަ ސޭނާ ޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީ އެވެ.

އެ ޖަމާއަތާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ހާމުދުރު ގަލަގޮޑަ އާތޭނިއާ އަށް މައާފްދީ މިނިވަން ކުރުމުގެ ލިއެކިއުންތަކުގައި ރައީސް މައިތިރިޕާލަ ސިރިސޭނާ މިހާރު ސޮއި ކުރައްވާފައިވާ ކަމުގައެވެ.
ލަންކާ
ހިޔާލު