UK boduvazeeru Theresa May isthiufa dhevvaifi
image
ތެރީސާ މޭ
ސީއެންއެމް
0 ކޮމެންޓް
 

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އިސްތިއުފާ ދެއްވައިފި

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބޮޑުވަޒީރުގެ އޮފީހުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ތެރީސާ މޭ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އާ ބޮދުވަޒީރަކު ކަނޑައަޅަންދެން މަގާމުގައި ދެމިހުންނަވާނެ ކަމުގައެވެ. އަދި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުންވެސް ޖުލައި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާނެކަމަށް ތެރީސާ މޭ ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު މަގާމުން އިސްތިއުފާ މިދެއްވީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަކުން ވަކިވުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ގެނި ފެންނަ ނުފެންނަ ވޯޓްގައި އެގައުމުގެ ރައްޔިތުން އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ފެންނަކަމަށް އާބަސް ބުނުމުން އޭރު ހުންނެވި ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ. އަދި ތެރީސާ މޭ މަގާމާއި ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ ނިންމުން ތަންފީޒު ކުރައްވާނެކަމުގެ ވައުދުފުޅާއި އެކުގައެވެ.

ނަމަވެސް ފާއިތުވި ތިން އަހަރު ކުރެވުނު މަސައްކަތުން އެކަން ކާމިޔާބު ވެފައި ނުވާއިރު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއާއި ކެބިނެޓްގެ ތެރެއިންވެސް ބޮޑުވަޒީރަށްވަނީ ފިއްތުންތަކާއި ކުރިމަތިވެ ވަޑައިގެންފައެވެ.
.
ހިޔާލު