Addu aai Fuvahmulaku dhathuruthah medhukandaalan Flyme in ninamaifi
image
ފްލައިމީގެ ބޯޓެއް
ސީއެންއެމް
0 ކޮމެންޓް
 

އައްޑޫއާއި ފުވައްމުލަކު ދަތުރުތައް މެދުކަނޑާލަން ފްލައިމީން ނިންމައިފި

އައްޑޫ އާއި ފުވައްމުލަކު ސެކްޓާއަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް ވިލާއެއާގެ ފްލައިމީން ބުނެފިއެވެ.
ފްލައިމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ސެކްޓާއަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ ކުރޫންގެ ދަތިކަން ކުރިމަތިވުމުން ކަމުގައެވެ. ދެ ސެކްޓާއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ފްލައިމީން ބުނެއެވެ.

ފްލައިމީން ބުނީ ކުރޫންގެ އިތުރުން ޕައިލެޓުންގެ ދަތިކަންވެސް އެކުންފުންޏަށް ކުރިމަތިވެފައިވާ ކަމުގައެވެ. ނަމަވެސް މިހާރުވެސް ޕައިލެޓުން ތަމްރީން ކުރަމުން އަންނަކަމަށް ފްލައިމީން ބުނެފައި ވެއެވެ.

ކުރޫންގެ ދަތިކަމުގެ ސަބަބުން ފަސިންޖަރުންގެ ޝަކުވާތައްވެސް ލިބެމުންދާކަމަށާއި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފްލައިމީން ބުނެއެވެ. އަދި އެ ދެ ސެކްޓާއަށް ރަނގަޅު ހިދުމަތަކާއިއެކު އަލުން ވީހާވެސް އަވަހަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފްލައިމީން ބުނެއެވެ.
ފްލައިމީ
ހިޔާލު