Vagah veli beyrukuranikoh Bridge hedhi kunfuneege boat eh hifahahtaifi
image
ހުއްޓުވި އުފުލި
އަހުމަދު
0 ކޮމެންޓް
 

ވަގަށް ވެލި ބޭރުކުރަނިކޮށް ބްރިޖްހެދި ކުންފުނީގެ ބޯޓެއް ހުއްޓުވައިފި

ރާއްޖެއިން ދުބާއީއަށް ވަގަށް ވެލި ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުންބުނީ ލ ހިތަދޫ ކައިރިން ގަވާއިދާ ހިލަފަށް ވެލިބަރުކޮށްގެން ދަތުރުކުރާ ބޯޓެއް ފެނިގެން ރިޕޯޓު ކުރުމުން މިއަދު ހަވީރު 17:00 ހާއިރު އެބޯޓަށް އެރިކަމަށާއި ބޯޓުގައި ރަޖިސްޓްރީ ނަމްބަރެއް ނެތް ކަމުގައެވެ.

ނަމަވެސް އެބޯޓަކީ ސިނަމާލެ ބްރިޖްހެދި ސީސީސީސީ ކުންފުނީގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ބުނެއެވެ. އެބޯޓް ވެލިބަރުކޮށްގެނ ދަތުރު ކުރަމުން ދިޔައީ ދުބާއީއަށް ގެންދިއުމަށްކަމަށްވަނީ ރިޕޯޓް ލިބިފައެވެ.

ނަމަވެސް ފުލުހުން ބުނީ އެ ވެއްޔަކީ ހުވަދުއަތޮޅުގައި ތަރައްގީ ކުރަމުންފާ ރިޒޯޓަކަށް ގެންދިޔަ ވެލިކަމަށާއި ބޯޓު ހިތަދޫ ކައިރީގައި މަޑުކުރީ މޫސުމް ގޯސްވެ ވިއްސާރަވެގެން ކަމުގައެވެ.

ބޯޓަށް ވެލިބަރުކޮށްފައި ވަނީ މޫސުމް ގޯސްވުމުންބޯޓްގައި ބަރު ވެހިކަލްތަކެއް ހުރުމުން ބެލެންސްކުރުމަށް ކަމަށް ބޯޓުން ބުނިކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެބޯޓަށް ބަރުކޮށްފައިވާ ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާއި ގުޅޭ އެއްވެސް އިދާރާއެއްގެ ހުއްދަ ނުނަގާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ސިފައިން
ހިޔާލު