Party thakah gos keumuge huhdha Taimur akah noavey
image
ކަރީނާ އާއި ސައިފް އެމީހުންގެ ދަރިފުޅު ތައިމޫރާއެކު--
0 ކޮމެންޓް
 

ޕާޓީތަކަށް ގޮސް ކެއުމުގެ ހުއްދަ ތައިމޫރަކަށް ނޯވޭ

ބޮލީވުޑުގެ މަޝްހޫރު ސްޓާ ކިޑް، ތައިމޫރް އަލީ ހާނަށް ޕާޓީތަކަށް ގޮސް ކެއުމުގެ ހުއްދަ ނޯންނަ ކަމަށް އޭނާގެ މަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން ބުނެފިއެވެ.
މިމަހުގެ ވިހި ވަނަ ދުވަހު، ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ހާން ވަނީ، މަޝްހޫރު ނިއުޓްރިޝަން އެކްސްޕާޓް ރުޖުތާ ދިވޭކަރުގެ ފޭސްބުކް ލައިވެއްގައި ބައިވެރިވެފައެވެ. އަދި ކަރީނާ އޭނާގެ ދަރިފުޅަށް ޕާޓީތަކަށް ގޮސް ކެއުމުގެ ހުއްދަ ނޯންނަކަން ހާމަކުރީ އެ ލައިވްގައި ވާހަކަ ދައްކަމުންނެވެ.

ކަރީނާ ބުނީ ތައިމޫރު ކާނީ ގޭގައި ތައްޔާރު ކުރާ ކާނާ އެކަނި ކަމަށެވެ. ކަރީނާ އިތުރަށް ބުނީ ބޭރުން ކެއުމުގެ ހުއްދަ ތައިމޫރަށް ނޯންނައިރު ޕާޓީތަކަށް ގޮސް ކެއުން ވެސް ރަނގަޅު ނޫން ކަމަށެވެ. އެ ވާހަކައަށް ރައްދުދީ ސައިފް ވަނީ ޕާޓީން ތައިމޫރު ޗިޕްސް ކާނެ ކަމަށް ބުނެފައެވެ.

އުމުރުން ދެ އަހަރާއި ބައިގެ ތައިމޫރަކީ ބޮލީވުޑުގެ ތަރިންނަށް ލިބިފައިވާ ދަރިންގެ ތެރެއިން ޕަޕަރާޒީންގެ އުނދަގޫ އެންމެ ބޮޑަށް ކުރިމަތިވާ ކުއްޖާއެވެ. ތައިމޫރުގެ މަގްބޫލުކަން ބޮޑުވެ އޭނާ ސިފަވާނެހެން މިހާރު އިންޑިއާގެ ބާޒާރުގައި ބުދު ވެސް އަންނަނީ ވިއްކަމުންނެވެ.

ހިޔާލު