Vagah veli beyru kuran ulhunu faraaiy thakaa medhu fiyavalhu alhaanan: Customs
image
ވަގަށް ވެލި ގެންދަން އުޅުނު ބޯޓު -- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވަގަށް ވެލި ބޭރުކުރަން އުޅުނު ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: ކަސްޓްމަސް

ވަގަށް ވެލި ބޭރުކުރަން އުޅުނު ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ރާއްޖެއިން ދުބާއީއަށް ވަގަށް ވެލި ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ހިފަހައްޓާފައިވާއިރު ކަސްޓަމްސް އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަ ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރު ކުރުމާއި ގޮސްއައިސްވުމާއި އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

އެގޮތުން ހުއްޓުވި އެއުޅަނދު ދަތުރުކޮށްފައިވަނީ ހޯދަންޖެހޭ ހުއްދަތައް ހޯދުމަކާއި ނުލާ ކަމާއި ރާއްޖެއަށް އައިސް ގޮސްފައިވާ އުޅަނދު ފަހަރެއް ރާއްޖޭގައި ހިންގާ އެންމެހާ މުއާމަލާތްތައް ހިންގަން ޖެހެނީ ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ހިންގާ އިގްތިސާދީ ބޮޑެތި ޕްރޮޖެކްޓަތަކަށް ގެނެވޭ އެފަދަ އުޅަނދު ފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެތި ކަމަށާއި އެފަދަ އުޅަނދު ފަހަރުގެ ކަންކަން އެ އޮފީހުން ބަލަހައްޓަމުން ގެންދަނީ އުޅަނދަށް އައްޔަނު ކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި ލ ހިތަދޫ ކައިރިން ގަވާއިދާ ހިލަފަށް ވެލި ބަރުކޮށްގެން ދަތުރުކުރާ ބޯޓެއް ފެނިގެން ރިޕޯޓު ކުރުމުން އިއްޔެ ހަވީރު 05:00 ހާއިރު އެބޯޓަށް އެރި ކަމަށާއި ބޯޓުގައި ރަޖިސްޓްރީ ނަމްބަރެއް ވެސް ނެތް ކަމަށެވެ.
ހިޔާލު