Laamu Gamun landing craft akah ruh baru kuraa massala eh balanee
image
ލ. ގަން -- ފޮޓޯ: އަބްދުﷲ ސުލައިމާން/ ޓްވިޓާ
0 ކޮމެންޓް
 

ލ. ގަމުން ލޭންޑިން ކްރާފްޓަކަށް ރުއް ބަރުކުރާ މައްސަލައެއް ކަސްޓަމްސް އާއި އީޕީއޭ އިން ބަލަން ފަށައިފި

ރިސޯޓު ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިން ކްރާފްޓެއްގައި ލ. ގަމުން ރުއް ބަރުކުރާ މައްސަލައެއް ކަސްޓަމްސް އާއި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ ގަމުން ލޭންޑިން ކްރާފްޓަކަށް ރުއް ބަރު ކުރާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށާއި އެކަން ކުރަނީ ކައުންސިލްގެ ހުއްދަ ލިބިގެންކަން އެނގިފައިވާ ކަމަށެވެ.

އެކަމަކު އެ މައްސަލަ ދަނީ އިތުރަށް ބަލަމުންނެވެ. ރާއްޖެއިން ދުބާއީއަށް ވަގަށް ވެލި ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކޮޅުވެއްޓިއެއްގެ މައްސަލަވެސް އިއްޔެ ވަނީ ފެންމަތިވެފަ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ އެ ކޮޅުވެއްޓި ވެސް ހިފަހައްޓާފައެވެ. ކަސްޓަމްސް އިން ބުނީ އެ ކޮޅުވެއްޓި ދަތުރުކުރަމުން ދިޔެއީ ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ނޫން ކަމަށެވެ.

ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރު ކުރުމާއި ގޮސްއައިސް އުޅުމާއި އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމަކީ މަނާ ކަމެކެވެ.

އުޅަނދުފަހަރުތައް ރާއްޖޭގައި ހިންގާ އެންމެހާ މުއާމަލާތްތަކެއްވެސް ހިންގަން ޖެހެނީ ކަސްޓަމްސްގެ ހުއްދައާއެކު އެވެ. އެހެންވެ އެ ކޮޅުވެއްޓިގެ މައްސަލަވެސް ދަނީ ބަލަމުންނެވެ.

ރާއްޖޭގައި ހިންގާ އިގްތިސާދީ ބޮޑެތި ޕްރޮޖެކްޓަތަކަށް ގެނެވޭ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެއްޗެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ވެލި ބަރު ކުރަމުންދިޔަ ކޮޅުވެއްޓިއަކީ ބްރިޖު ހެދުމުގެ މަޝްރޫއަށް ޗައިނާގެ ކުންފުންޏަށް ދިން ހުއްދައިގެ ދަށުން ގެނައި ކޮޅުވެއްޓި އެކެވެ.
ހިޔާލު