Launch ga ehcheh govumun fihunu meehaa India ah gengosfi
image
އެއްޗެއް ގޮވި އެމްޓީސީސީގެ ލޯންވު -- ފޮޓޯ: ސީއެންއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ލޯންޗުގައި އެއްޗެއް ގޮވުމުން ފިހުނު މީހާ އިންޑިއާއަށް ގެންގޮސްފި

މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ލޯންޗެއްގައި އެއްޗެއް ގޮވާ ހިނގި ހާދިސާގައި އެންމެ ބޮޑަށް ފިހުނު އަލީ އިމްރާން އިންޑިއާއަށް ފުރުވާލައިފި އެވެ.
އިމްރާންގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އިއްޔެ އޭނާ އިންޑިއާއަށް ގެންގޮސްފައި ވަނީ އިތުރު ފަރުވާއަށް ނަމަވެސް، އޭނާގެ ހާލު ރަނގަޅުވުންދާ ކަމަށެވެ.

އޭނާ ފޮނުވާލާފައި ވަނީ އެމްޓީސީސީގެ އެހީ އާއި އާސަންދައިގެ ފުލް ކަވަރޭޖާއެކު އެވެ. ލޯންޗުގައި އެއްޗެއް ގޮވުމުން އިމްރާނުގެ ހަށިގަނޑުގެ 30 އިންސައްތަ ފިހުނެވެ.

ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް އެ ލޯންޗުގައި އެއްޗެއް ގޮވީ ޕަމްޕު ބަދަލުކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އިމްރާނާއެކު އިތުރު މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އޭނާއަށް ލިބުނީ ވަރަށް ކުޑަ އަނިޔާ އެކެވެ.
ހިޔާލު