Israel ah record minvarakah hoonuve, jangali thakuga roavanee
image
އިޒްރޭލުގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް
2 ކޮމެންޓް
 

އިޒްރޭލަށް ރިކޯޑު މިންވަރަކަށް ހޫނުވެ، ޖަންގަލިތަކުގައި ރޯވަނީ

އިޒްރޭލުގެ ޖަންގައްޔެއްގައި ބޮޑު އަލިފާންގަނޑެއް ރޯވުމުން، އެ ސަރަހައްދުގައި ދިރިއުޅޭ 3500 މީހުން އެހެން ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އާދަޔާ ހިލާފަށް ހޫނު ގަދަވުމުންނެވެ. ބުރާސްފަތި ދުވަހު އިޒްރޭލުގެ ހޫނުމިން ވަނީ 37.5 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ. އެހެން އަހަރުތަކުގެ މި ދުވަސްވަރު ހޫނުމިން ހުންނަނީ 26 ޑިގްރީ ސެލްސިއަސް ގައެވެ.

ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރިއިރު، ބައެއް ގެތައް ވަނީ އަނދާ ހުލިވެފަ އެވެ. މިއަދުގެ ވަގުތެއްގައި ހޫނުމިން ތަންކޮޅެއް ތިރިވާނެ ކަމަށް ބެލެވޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭވެހޭނެ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިޒްރޭލަށް އިތުރަށް ހޫނު ގަދަވެ، ގިނަ ޖަންގަލިތަކެއްގައި ރޯވެދާނެތީ ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު

އަހުމަދު

މިގަދަހޫނު އިސްރާްީލް ނުބައި އިޒްރައިލްގެ ވެރިންނަށް އިބްރަތެއކަމުގައި ލައްވާށިއެވެ..

ނާނޫ

ކޯފާ މުސްލިމުން މަރަމުންދާ އިރު ހިތަކަށްނާރާ ކިހާވަރެއްގެ ކަމެއް ކަން ކަލަކުވޮޑިގެންވާކަން ވެސް މި ޔަހޫދީން ގަބޫލް ނުކުރޭ މި ޔަހޫންދީން ބަލި ކުރަށްވާސި ފަލަސްތީނުގެ ރައްޔެތުން ހިމާޔަށް ކޮށްދެއްވާސި