Anurag aa vahtharu budheh vikkan fashahifi
image
ޕްރެނާ އާއި އަނޫރާގާ ވައްތަރު ބުދު އަދި އަނޫރާގް---
0 ކޮމެންޓް
 

އަނުރާގްއާ ވައްތަރު ބުދެއް ވިއްކަން ފަށައިފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޮލިކާގެ ރޯލުން ފެންނަ ހީނާ ހާން އާއި ޕްރެނާގެ ރޯލުން ފެންނަ، އެރިކާ ފެނާންޑަސް ސިފަކޮށްދޭ ބުދަށްފަހު ލީޑު ބަތަލުގެ ރޯލުން ފެނިގެންދާ ޕާތު (އަނުރާގް) އާ ވައްތަރު ބުދެއް އުފައްދައިފިއެވެ.
އެ ބުދު މިހާރު އިންޑިއާގެ ބާޒާރުގައި ވިއްކަމުން އަންނަ އިރު އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެބުދަކީ އަރޫރާގުގެ ސަޕޯޓަރުންނަށް ހާއްސަކޮށް ހަދާފައިވާ ބުދުތަކެއް ކަމަށެވެ.



މަޝްހޫރު ފަރާތްތަކުގެ ސިފަ ދައްކުވައިދޭ ގޮތަށް ބުދު ހެދުމަކީ އިންޑިއާގައި އާކަމެއް ނޫނެވެ. އެގޮތުން ޓީވީ ތަރިންގެ އިތުރުން ބޮލީވުޑް ފަންނާނުންގެ ވެސް ބުދުތައް ހަދައި އިންޑިއާގެ ބާޒާރުގައި އަންނަނީ ވިއްކަމުންނެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ކަސޯޓިގެ ފުރަތަމަ ބަޔާ އެއް ފަދައިން ކަސޯޓީގެ ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އެ ޝޯއަކީ މިހާރު ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެންމެ ކާމިޔާބު އެއް ޝޯއެވެ.
ހިޔާލު