Mister Maldives 2020 gai baiverivumuge furusathu hulhuvaalaifi
image
މިސްޓަ މޯލްޑިވްސްގެ މުބާރާތެއްގެ ތެރެއިން -- ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ ނެޝަނަލް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަ މޯލްޑިވްސް 2020" އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެހެން ފަހަރުތަކާއި ހިލާފަށް، އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް 2020 ވަނަ އަހަރު ފާހަގަ ކުރާއިރު، މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ އެސޯސިއޭޝަނުން އިންތިޒާމް ކުރާ ގައުމީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މުބާރާތުގެ ރެޖިސްޓްރޭޝަން މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ 1 މާޗް 2020 ވާ އާދިއްތަ ދުވަހުގެ 14:00 އެށެވެ.

އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި އަދި ފޯމް ގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވާ ނަމަ ބަލައި ނުގަނެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ބޮޑީބިލްޑިން
ހިޔާލު

ވޭމަންޑު

ރީތި ކުދިން ދޯ ވޭމަންޑޫ ގައި އުޅެނީ..