Lanka ga hayyaru kuri baehge account ga billion akah vure gina Rupees
image
ލަންކާގެ ފުލުހުންނާއި ސިފައިން، ހަމަލާ ދިން ފައްޅިއެއްގެ ބޭރުގައި -- ފޮޓޯ: ނިއު ޔޯކް ޓައިމްސް
1 ކޮމެންޓް
 

ލަންކާގައި ހައްޔަރު ކުރި ބައެއްގެ އެކައުންޓުގައި އެއް ބިލިއަން ރުޕީޒް

ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ހަމަލާގެ ފަހަތުގައިވާ ޓެރަރިސްޓް ޒަހްރާން ހާޝިމްއާ ގުޅުން ހުރި ފަސް މީހަކު އިއްޔެ ހައްޔަރު ކުރިއިރު، އެމީހުންގެ އެކައުންޓުތަކުގައި 1 ބިލިއަނަށްވުރެ ގިނަ ރުޕީޒް ހުރިކަން ހާމަވެއްޖެ އެވެ.
އެ ފަސް މީހުން ހައްޔަރު ކުރީ ހޮރޯޕަތަނަ ސަރަހައްދުން، ނޭޝަނަލް ތައުހީދު ޖަމާއަތާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ ޖަމާއަތަކީ ލަންކާގެ ހަމަލާތައް ދިން ޖަމާއަތެވެ.

އެމީހުންގެ ތެރޭގައި ހޮރޯޕަތަނަ ޑިވިޝަނަލް އޮފީހުގެ މުއައްޒަފަކާއި، ސަރުކާރު ސްކޫލުގެ ޓީޗަރަކާއި، އަރަބި ކޮލެޖެއްގެ ދެ ޓީޗަރުން ހިމެނެ އެވެ. ލަންކާ ފުލުހުން ބުނީ އެމީހުންނަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުން ކަމަށެވެ.

އޭގެ އިތުރުން ހަމަލާތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު މިވަގުތު ލަންކާއިން ބޭރުގައި ހުރިއިރު، އެމީހާ ވަނީ އެ ފަސް މީހުންނަށް ފައިސާ ފޮނުވާފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭޕްރިލް 21 ވަނަ ދުވަހު ލަންކާގެ ކްރިސްޓިއަން ފައްޅިތަކާއި، ލަގްޒަރީ ހޮޓާތަކަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ހިޔާލު

މުސްލިމު މީހާ

ކިހިނެއްވާނީ މުސްލިމުންނަށްދޭ ހަަމަލާތަކުގެ ވާހަކަ ދެއްކިއްޔާ