Market agu thah: Fiyaa, biss adhi aluveege agu bodeh nuvey
image
ބާޒާރުމަތި ފިހާރައެއްގައި މި ރޯދަމަހު އަލުވި، ފިޔާ އަދި ބައެއް ތަކެތި ވިއްކަން ބަހައްޓާފައި--
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ފިޔާ، ބިސް އަދި އަލުވީގެ އަގު ބޮޑެއް ނުވޭ

ރޯދަމަހުގެ ފަހު 10 އެއް ފެށިގެންދާއިރު، އެންމެ ޑިމާންޑް ބޮޑު ފިޔާ އަލުވި އަދި ބިހުގެ އަގު އަދިވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ،
ފިޔާ، އަލުވި އަދި ބިހަކީ އާއްމުކޮށް އަގުބޮޑުވާ ބާވަތްތަކެކެވެ. އެކަމަކު މި ރޯދަމަހު އެތަކެތީގެ އަގު އެހެން ރޯދަމަސްތަކާއި އަޅާބަލާއިރު، ހެޔޮކަން ފާހަގަވެ އެވެ.

ބާޒާރުގައި މިއަދުގެ އަގުތަކަށް ބަލާއިރު، ފިޔާ ކިލޯއެއް 7ރ އަށް ލިބެއެވެ. އަލުވި، 15ރ އަށް ލިބޭއިރު ބިސްކޭހެއް 280ރ އަށް ލިބެއެވެ. ރޯދަމަސް ނޫން މަސްތަކުގައި ވެސް ފިޔާ ކިލޯއެއް 7ރ އަށް ލިބުމަކީ އާއްމު ކަމެއް ނޫނެވެ.

ކުރިން ބައެއް ރޯދަމަސްތަކުގައި ފިޔާ ކިލޯއެއް 20ރ އާއި 40ރ އާ ދެމެދުގެ އަގުތަކުގައި ވިއްކާފައިވާއިރު، މިރޯދަ މަހު މިހާތަނަށް ފިޔާކިލޯއެއް 20ރ އަށް މައްޗަށް އަރާފައެއް ނުވެއެވެ. ހަމަ އެގޮތަށް އަލުވި އަދި ބިސް ވެސް ބާޒާރުގައި މި ރޯދަމަހު ހެޔޮ އަގުގައި ލިބެ އެވެ.

މިއަދު މާރުކޭޓްގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއް ހުރީ 20ރ އާއި 18ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިރޯދަ މަހު އާއްމުކޮށް ކަރާ ކިލޯއެއް 25ރ އަށް ވިއްކި ނަމަވެސް ބައެއް ދުވަސް ދުވަހު 30ރ އާއި 35ރ އަށް ވެސް އަގު މައްޗަށް ގޮސްފައި ވެއެވެ.

މިއަދު ބާޒާރުގައި ފަޅޯ ކިލޯއެއް އުޅެނީ 30ރ އަށެވެ. ފަޅޯ ވެސް އާއްމުކޮށް ވިއްކާފައިވަނީ 20ރ އާއި 35ރ އާ ދެމެދުގެ އަގުތަކުގަ އެވެ. ނަމަވެސް މިއަދު މާރުކޭޓުގައި ފަޅޯ މަދުވެފައި ވާތީ ފަޅޮލުގެ އަގު ވަނީ ކުޑަކޮށް މައްޗަށް ޖެހިފަ އެވެ.

މި ރޯދަ މަހު އަގުތަކުގައި އެންމެ ބޮޑު ތަފާތެއް އަންނަމުންދާ ލެޓިއުސް ކިލޯއެއް މިއަދު ހުރީ 70ރ އަށެވެ. ނަމަވެސް މިގެ ދެދުވަސް ކުރިން 40ރ އަށް ލިބެން ހުއްޓެވެ. އާއްމުކޮށް ލެޓިއުސް ކިލޯއެއް މިރޯދަމަހު ވިއްކަމުން ދިޔައީ 70ރ އާއި 80ރ އާދެމެދުގެ އަގުތަކުގަ އެވެ. އަދި ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް 150ރ އާއި 120ރ އާ ދޭތެރޭގެ އަގުތަކުގައި ވިއްކާފައި ވެއެވެ. އެހެންކަމުން ލިޓިއުސް މިރޯދަ މަހު ވިއްކާފައިވަނީ 40ރ އާއި 150ރ އާދެމެދުގެ އަގުތަކުގަ އެވެ.

މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ރާއްޖެއިން ބޭރުން މިރުސް އެތެރެ ކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ. އަދި ބޭރު ގައުމުތަކުން އެތެރެކޮށްފައިވާ މިރުހާއި ދިވެހި އެހެން ރަށްތަކުން ގެނެސްގެން ވިއްކާ މިރުސް 100 ގްރާމް 15ރ އަށް ވެސް ލިބެން އެބަ ހުއްޓެވެ.

ތަރުކާރީ އާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކާއި ތަފާތެއް ނެތެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-55ރ އަށް
ކަރާ ކިލޯއެއް: 20ރ އަދި 18ރ އަށް
ޓޮމާޓޯ ކިލޯއެއް: 40ރ-45ރ އަށް
ބަރަބޯ ކިލޯއެއް: 20ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 18ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 45ރ އާއި 70ރ އަށް
3 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 15ރ އަށް
ފިޔާ ކިލޯއެއް: 7ރ އަށް
ބަނބުކެޔޮ: 25ރ-50ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 280ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު