Viheumundhey chuttee negumun emagaamah vaguthee muvazzafun
image
ވެލާނާގެ--
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ވިހެއުމުންދޭ ޗުއްޓީ ނެގުމުން އެމަޤާމަށް ވަގުތީ މުވައްޒަފުން ނަގާ އުސޫލަށް އަމަކުރަން ފަށައިފި

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ވިހެއުމުންދޭ ޗުއްޓީ ނެގުމުން އެމަޤާމަށް ވަގުތީ ގޮތުން މުވައްޒަފުން ނެގުމާއި ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، އެފަދަ އުސޫލެއް އެކުލަވާލީ ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ހަ މަސްދުވަހުގެ ޗުއްޓީގެ މުއްދަތުގައި، ސިވިލް ސާވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

ސިވިސް ސާވިސް ކޮމިޝަނުން ބުނެފައިވަނީ، މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތުގައި ވަގުތީ ގޮތުން ނަގާ މުވައްޒަފުންގެ ރެކޯޑް ސިވިލް ސާވިސް ނެޓްވޯކަށް އަޕްޓޭޑް ކުރަންޖެހޭނެ ކަމަށެވެ.

"ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ހިދުމަތް މެދު ނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުސޫލު"ގެ ނަމުގައި އުސޫލެއް އާއްމު ކުރުމުގެ މަޤްސަދެއް ކަމަށް ކޮމިޝަނުން ބުނެފައި ވަނީ، އެ މުއްދަތުގައި އިދާރާތަކުން ބޭނުންވާ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމާއި، އެ މުއްދަތުގައި އިދާރާއިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

ވިހެއުމާއި ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސި ވައުދުފުޅެކެވެ. އެގޮތުން އެކަން ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން ސަރުކާރުގެ އެކި ކުންފުނި ތަކުންވެސް އަންނަނީ ތަންފީޒު ކުރަމުންނެވެ.
ހިޔާލު