Deepika aai Katrina Instagram gai ulhey noolhey goiy sihrun balaa kamah Ranbir ehbas vehje
image
ދީޕިކާ އާއި ރަންބީރު އަދި އާލިއާގެ އިތުރުން ކެޓްރީނާ--
0 ކޮމެންޓް
 

ދީޕިކާ އާއި ކެޓްރީނާ އިންސްޓަގްރާމުގައި އުޅޭ ނޫޅޭ ގޮތް ބަލާ ކަމަށް ރަންބީރު އެއްބަސްވެއްޖެ

ސަޕޯޓަރުން ދެކޭ ގޮތުގައި ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރަކީ ސޯޝަލް މީޑިއާއާ ދުރު ފަންނާނެކެވެ. އެއްވެސް ސޯޝަލް ޕްލެޓްފޯމެއްގައި އޭނާގެ ރަސްމީ އެކައުންޓެއް ނެތެވެ. އެކަމަކު ރަސްމީ އެކައުންޓެއް ނެތް ނަމަވެސް ސޯޝަލް މީޑިއާގައި މީހުން އުޅޭ ގޮތް އޭނާ ބަލާ ކަމަށް ރަންބީރު ކުރިން ވެސް އެއްބަސްވެފައިވެއެވެ.
ދާދިފަހުން ރަންބީރު ވަނީ އޭނާގެ "ސިއްރު" އެކައުންޓު މެދުވެރިކޮށް ފޮލޯ ކުރާ ބޮލީވުޑުގެ ތަރިން ކިޔައިދީފައެވެ. އޭގެ ތެރޭގައި ކުރީގެ ލޯބިވެރިން ކަމަށްވާ ދީޕިކާ ޕަޑުކޯނާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ ކަމަށް ރަންބީރު ބުނެއެވެ. ރަންބީރާއި ކެޓްރީނާ ވަކިވި ފަހުން އެދެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަން ނެތް ނަމަވެސް ދީޕިކާ އާއި ރަންބީރަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދިވެސް ދެމީހުން އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަތައް ހިއްސާކޮށް ހަދައެވެ.

އުމުރުން 36 އަހަރުގެ ރަންބީރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ސަންޖޫ" އިންނެވެ. ސަންޖޫއަކީ ރަންބީރުގެ ފިލްމީ ހަޔާތް އަޑިގަޑަކަށް ވެއްޓިފައި ވަނިކޮށް އަނެއްކާވެސް ކޮޅަށް ނެގި ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެފިލްމަށް އެހާ ވެސް ތަރުހީބު ލިބުނެވެ.

ރަންބީރުގެ ކުރިއަށް އޮތް ފިލްމަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓްއާއެކު އޭނާ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. "ބްރަހްމަސްތްރާ" ގެ ނަން ދީފައިވާ އެފިލްމު ނެރުމަށް ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 20 ގައެވެ.
ހިޔާލު