Airport gai staff mini mart hingaane bayaku hoadhanee
image
ވީއައިއޭ -- ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެއާޕޯޓުގައި ސްޓާފް މިނީ މާޓް ހިންގާނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޫކުރާ އިމާރާތެއްގައި ސްޓާފް މިނީ މާޓެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ ސްޓާފް މިނީ މާޓް ހިންގުމަށް ދޫކުރެވޭ ތަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހުޅަނގުން އެކުންފުނީގެ އިދާރީ ޑިޕާޓްމަންޓްތައް ހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ގާތްގަނޑަކަށް 40 އަކަ މީޓަރުގެ ޖާގަ ކަމަށެވެ.

އެގޮތުން ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ 100 އިންސައްތަ ދިވެހިން ހިއްސާވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުނި, އެސް.އެމް.އީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.
އެއާޕޯޓް ވީއައިއޭ
ހިޔާލު