Dhiraagun hiley WiFi libey 15 sarahahdheh Male city gai
image
ސަލްޓަން ޕާކުގައި ހުރި ދިރާގު ވައިފައި ހޮޓްސްޕޮޓެއް -- ފޮޓޯ: ދިރާގު
1 ކޮމެންޓް
 

ދިރާގުން ހިލޭ ވައިފައި ލިބޭ 15 ސަރަހައްދެއް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފި

ދިރާގުގެ ވައިފައި ހިލޭ ލިބޭ ހޮޓްސްޕޮޓްތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 15 ސަރަހައްދެއްގައި މިހާރު ހުންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މާލެ ސިޓީގައި ވައިފައި ހޮޓްސްޕޮޓްތަކެއް ގާއިމްކުރުމުގެ މަސައްކަތް ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިފްތިތާހު ކުރީ އިއްޔެ އެވެ.

ދިރާގުން ބުނީ ވައިފައި ހޮޓްސްޕޮޓްތައް އާއްމުން ގިނައިންދާ 15 ސަރަހައްދެއްގައި މިހާރު ހުންނާނެ ކަމަށެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ހިލޭ 30 މިނެޓަށް އެ ހޮޓްސްޕޮޓްތަކުން ވައިފައި ލިބޭނެ އެވެ.

އޭގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކޮންމެ ސަރަހައްދަކަށް ވަކި ހާއްސަ ޕެކޭޖްތަކެއްވެސް ވަނީ ތައާރަފު ކޮށްފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެ "ޑިޖިޓަލް" ކުރުން ކަމަށާއި، "ދިވެހިން ޑިޖިޓަލް މުސްތަގްބަލަށް ބޭނުންވާނެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުން" ކަމަށެވެ.
ހިޔާލު

ފިނދަނަ

މާލެ ސަރަހައްދު ގައި ނެޓުލާފައި ރާއްޖެ ތެރޭގައި އިންޓަނެޓު ނުލާންވީ ކީއްވެ؟؟