IS ge boat eh Malikah dhathuru kuramun dhaa kamah bune Kerala fuluhun alert ga
image
ރާއްޖެ ކައިރީގައި އޮންނަ އިންޑިއާގެ މަލިކުގެ ބީޗެއް -- ފޮޓޯ: ލަކްޝަދްވީޕް އައިޑެންޓިޓީ
3 ކޮމެންޓް
 

އައިސްގެ 15 މީހުންނާއެކު ލަންކާއިން ފުރި ބޯޓެއް ދަނީ މަލިކަށް ކަމަށް ބުނެ ކެރަލާގެ ފުލުހުން އެލާޓުގައި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ 15 ޓެރަރިސްޓުންނާއެކު ރާއްޖެ ކައިރީގައި އޮންނަ އިންޑިއާގެ މަލިކަށް ބޯޓެއް ދަތުރު ކުރާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުމުން ކެރަލާގެ އައްސޭރިފަށް ސަރަހައްދު އެލާޓަށް ގެނެސްފި އެވެ.
އިންޑިއާ އެންޑީޓީވީ ނޫހުން ރިޕޯޓު ކުރާ ގޮތުގައި އެ ބޯޓު ފުރާފައި ވަނީ ސްރީލަންކާއިންނެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމާއެކު ކެރަލާގެ އައްސޭރިފަށް ސަރަހައްދު ވަނީ އެލާޓަށް ގެނެސްފަ އެވެ.

"މިކަހަލަ ގޮތަކަށް އެލާޓަށް ގެނައުމަކީ އާއްމު ގޮތެއްގައި ޕްރެކްޓިސް ކުރަމުން އަންނަ ގޮތް. އެކަމަކު މިފަހަރު އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ވަކި އަދަދެއްގެ މީހުން އަންނަ ކަމަށް. ޝައްކު ކުރެވޭ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން އެންގުމަށް އައްސޭރިފަށުގައި ތިބި ފުލުހުންނަށް ވާނީ އަންގާފައި،" އިންޑިއާ ފުލުހުންގެ އޮފިޝަލަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނޫހަށް ވިދާޅުވި އެވެ.

އެ މައުލޫމާތު ލަންކާގެ ފަރާތުން އިންޑިއާއަށް ލިބުނީ މިމޭމަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ކެރަލާގެ އައްސޭރިފަށުގައި އުޅޭ ފުލުހުން ތިބީ އެލާޓުގަ އެވެ.

"އަސްލު އަޅުގަނޑުމެން ތިބީ ލަންކާއަށް ދިން ހަމަލާއަށްފަހު އެލާޓުގައި. މަސް ބޯޓުތަކާއި އެހެން އުޅަނދު ފަހަރަށް ވެސް މިހާރު އަންގައިފިން ޝައްކު ކުރެވޭ ކަމެއް ފާހަގަވެއްޖެ ނަމަ އަވަހަށް އަންގަން،" އޮފިޝަލަކު ވިދާޅުވި އެވެ.

އޭޕްރިލް 21 ވަނަ ދުވަހު ލަންކާއަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވުމާއެކު ކެރަލާ ސްޓޭޓު އެލާޓަށް އައީ، ހަމަލާ ދިން ބައެއް މީހުން އެތަނުގައި ތަމްރީންވި ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބުމުންނެވެ.
ހިޔާލު

އައިސް

ބޮލުގެ ހަބަރު ނުޖަހަބަލަ ! އިންޓެލިޖެންސައް ފުރިތަން އިނގެންޏާ ހިފަަހައްޓަންވީނު ! ދެންބުނޭ 15 ދުވަސްކުރިން އިނގުނޭ ނުހުއްޓުވުނޭ

ކޮލެޖު ބޯއި

ތި ބޯޓު އޮޅުވާލާފަ ރާއްޖޭގެ ރަށަކަށް ވެސް އަތުވެދާނެ. މީހުންތައް ވަގަށް އެތެރެވެދާނެ. އެބަޖެހޭ މަތިންދާ ބޯޓުން ބަލަން

ފިރުޓޭ

ކޮބާތަ މި ބޯޓު މިހާރު؟ ބައެއް މީހުންނަށް ހީވާ ކަހަލަ މަލިކަކީ ރާއްޖޭގެ ބަޔެކޭ! އެކަމަކު، ތާރީޚީ އެއްވެސް ޤަރީނާ އަކުން ސާބިތު ކުރެވޭކަށް ނެތް ދުވަހަކުވެސް މަލިކު ރާއްޖޭގެ ބަޔެއްގެ ގޮތުގަ އޮތް ކަމެއް!