Jaluthakuge library ah 2000 foiy hadhiyaa koffi
image
ޖަލުތަކުގެ ލައިބްރަރީއަށް ހޯމް މިނިސްޓަރު ފޮތް ހަދިޔާ ކުރައްވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ޖަލުތަކުގެ ލައިބްރަރީއަށް 2000 ފޮތް ހަދިޔާކޮށްފި

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ދިނުމަށް ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ދަށުން 2000 އެއްހާ ފޮތް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ، މިމަހުގެ 25 ގައި ފޮތް ހަދިޔާ ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމު ނިމުނު ނަމަވެސް އަދިވެސް ގިނަ ބަޔަކު ފޮތް ހަދިޔާ ކުރަމުން އަންނަ ކަމަށެވެ. އަދި ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ފާހަގަކުރައްވާ ހަފްސީ ވިދާޅުވީ، ހަދިޔާ ކުރަން ބޭނުންވާ ފޮތް މޯލްޑިވްސް ކަރެކްޝަންސްއާ ހަވާލުކުރެވޭނެ ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ފޮތް ހަދިޔާ ކުރައްވާފައެވެ. އަދި ބައެއް ޖަމިއްޔާތަކުގެ އިތުރުން ސްކޫލުތަކުން ވެސް ފޮތް ހަދިޔާކޮށްފައިވެއެވެ.

ޖަލުތަކަށް ފޮތް ހަދިޔާކޮށް ގައިދީން ރިހެބިލިޓޭޓް ކުރުމަށް ކުރާ މަސައްކަތްތަކަށް އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ހަފްސީ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގެ ސަބަބުން ގައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު މުޖުތަމައުގެ ތެރެއިން ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު