sharu'ee dhaairage dhiraasa'eh hedhumah beyruge fandiyaareh
image
ޝަރުއީ ދާއިރާގެ ދިރާސާއެއް ހެދުމަށް ބޭރުގެ ފަނޑިޔާރެއް
ސީއެންއެމް
5 ކޮމެންޓް
 

ޝަރުއީ ދާއިރާގެ ދިރާސާއެއް ހެދުމަށް ބޭރުގެ ފަނޑިޔާރެއް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުއީ ދާއިރާގެ ދިރާސާއެއް ހެދުމަށް ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނުކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުންބުނީ މިމައްސަކަތަކީ އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު، ކުރިއަށްގެންދާ މަސައްކަތެއް ކަމުގައެވެ.

"ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމާއި، އޭގެ އިތުރުން، އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ޖަސްޓިސް ޔޮހާން ކްރީގްލަރ އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރުއީ ދާއިރާގެ ތަމްރީނާއި ތަޢްލީމު ދިނުމުގެ ގައުމީ އަދި ބައިނަލްއަގްވާމީ ޕްރޮގްރާމްތަކުގައެވެ" ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

ޝަރުއީ ދާއިރާ އިސްލާޙުކުރުމުގެ މަސައްކަތްކުރެއްވުމަށްޓަކައި، ސްކޯޕިންގ މިޝަންއަކަށް، މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރެއްވުމަށް ހަަމަޖެހިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުންވަނީ ބުނެފައެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާކުރުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުލޭ ހުށަހެޅުންތައް ނުވަތަ ‘ރިކޮމެންޑޭޝަންސް’ ސަރުކާރަށް ހުށަހެޅުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުންވަނީ ބުނެފައެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށްކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުންވަނީ ބުނެފައެވެ.
ހިޔާލު

ފަސީ

ތި ދިރާސާ ހަދަންނުޖެހޭ އެންމެ މުއައްސަސާއެއްވެސް މި ދިވެހިރާއްޖެއަކު ނެތް.

ރައްޔިތުން

ޔޫ އެން ޑީ ޕީ އޮފީސް މިރާއްޖޭގައި ގާއިމުކުރުމުގެ އަސްލު މަގުޞަދަށް އެމީހުންނަށް ވާސިލުވެވެނީ ކުރާނެ ކަމެއް ނެތް ރާއްޖޭގެ ޙާލަތު ވިއްސިވިހާލިވެ އިސްލާމީ ވަހުދަތު އޮޔާދޫކޮށްލީ ސީދާ ރައްޔިތުން ރޭގައި ރައީސް ނަޝީދު މަޖިލިސްގެ ރައީސް ކަމަށް ގެނަން ނިންމި ނިންމުނުން އެކަން އިތުރަށް ކަށަވަރުވާނެ. ރައްޔިތުން މިކަން ދެކޭނެ. އާއިލީ ބޮޑު ބަރުލާމާނީ ވެރިކަމެއް. ނުރުހެވޭ އެންމެން ކުޑަކަޑޫ ޖެއްސިގެންދާނެ.

ނާނު

މީ އިސްލާމި ޤައުމެއް މި ގައިމުގަ ބޭރުގެ ސަގާފަތް ލައިގެން ޤާނޫން ހަދާކަށް ނުޖެހޭ މުސްލިމުން ނަށް ފުރިހަމަވެގެވްވާ ޤާނޫން އަސާސީ އެއް ވަނީ މިދުނިއެމަށްޗަށް ބާވާލައްވާފަ

މޫސަ

އިސްލާމީ ޤައުމެއްގެ ޝަރީއަތުގެ ނިޒާމްގެ އިސްލާޙް ކުރުމަށް ކާފަރުންގެ މަޝްވަރާ ހޯދާކަށް ނުޖެހޭނެ، ތިކަމުން ވެސް އެގެނީ ލާދީނީ ކަން

ޓާޓާ

ކާފަރުން މުސިމް ގައުމުގެ ޝަރުއީނިޒާމްލިޔަން