PPM inn Maldivian ah dheri MVR 3.8 million dhahkaifi
image
ޕީޕީއެމްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ޕީޕީއެމުން މޯލްޑިވިއަނަށް ދެރި 3.8 މިލިއަން ރުފިޔާ ދައްކައިފި

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އައިލެންޑް އޭވިއޭޝަނަށް ދަރާފައިވާ ފައިސާތައް ދައްކައިފި އެވެ.
އައިލެންޑް އޭވިއޭޝަނަށް 3.8 މިލިއަން ރުފިޔާގެ ދަރަންޏެއް އަދާ ކުރަން ޖެހުނީ، ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ރައީސް ޔާމީނުގެ ރިޔާސީ ކެމްޕޭނަށް ކުރި ދަތުރުތަކަށް ފައިސާ ނުދައްކާ އޮތުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމުން އިއްޔެ ވަނީ ދަރަނި އަދާކޮށް ނިންމާފަ އެވެ. ޕީޕީއެމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރި ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ އެރި އެވެ.

އެ ފައިސާ ނުދެއްކުމުން އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމާއެކު 1 މިލިއަން ރުފިޔާ ޕީޕީއެމުން ދެއްކި އެވެ. ބާކީ ފައިސާ ދެއްކޭނީ ދައުލަތުން ދޭން ޖެހޭ ފައިސާ ދިނުމުން ކަމަށް އޭރު އެ ޕާޓީން ބުންޏެވެ.

ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށްފަހު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފަ އެވެ. ޕީޕީއެމަށް ދޭން ޖޭހެނީ 9 މިލިއަން ރުފިޔާ އެވެ.
ހިޔާލު