OIC Summit ah Raees Solih maadhamaa Saudi Arabia ah furaa vadaigannavanee
image
ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އޯއައިސީ ސަމިޓަށް ރައީސް ސޯލިހު މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވަނީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އަންނަ ހުކުރު ދުވަހު މައްކާގައި އޮންނަ އެ ސަމިޓުގައި އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއިން ބައިވެރިވާ އެ ސަމިޓާ ގުޅިގެން ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، އެ ސަމިޓުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާނެ ކަމަށެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުގެ ސަމިޓުގައި ވެސް އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެ އެވެ.

އެ ސަމިޓަށް ފަހު، ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިއަދު ވަނީ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާފަ އެވެ. ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ އިތުރުން އޯއައިސީ ބައްދަލުވުމުގައި ވެސް ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ހިޔާލު

ރާއްޖެ އިސްލާމް

ތިއީ ބޭކާރު ސަމިޓެއް، އަލްސައުދު ފެމެލީގެ ކޮރަޕްޓް ވެރިކަން ހިމާޔަތްކުރާނެގޮތާ މެދު ނޫނީ ތިޔަ ސަމިޓުގައި ވާހަކައެއް ނުދެކެވޭނެ، އަދި އިތުރުކަމެއް ނުވެސް އޮއްނާނެ