Anna hafthaa ga siyaasee party thakah faisaa dhoo kuranee
image
ފިނޭންސް މިނިސްޓްރީ -- ފޮޓޯ: އަވަސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އަންނަ ހަފްތާގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަނީ

އަންނަ ހަފްތާ ނިމުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ އަދި ދޫނުކުރާ ކަމަށާއި އެކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ އަދި ދުލެއް ނުކުރަން. އެކަމުގެ މަސައްކަތްތައް މިހާރު މި ކުރެވެނީ. މި މަސައްކަތް ކުރަނީ އަންނަ ހަފްތާ ނިމުމުގެ ކުރިން ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ ކެނޑުމަށްފަހު ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައިވާއިރު، އެންމެ ގިނައިން ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

އެމްޑީޕީއަށް 12 މިލިއަން ރުފިޔާ ލިބޭއިރު، ޕީޕީއެމަށް ލިބެނީ ނުވަ މިލިއަން ރުފިޔާއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ލިބެނީ 2 މިލިއަން ރުފިޔާ އެވެ.
ހިޔާލު