Jaluthakuge Audit Report aanmukohfi
image
މާފުށީ ޖަލު -- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޖަލުތަކުގެ އޮޑިޓު ރިޕޯޓު އާއްމުކޮށްފި

ޖަލުތަކުގެ އޮޑިޓު ރިޕޯޓު މިއަދު އާއްމުކޮށްފި އެވެ.
ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަދު އާއްމުކުރިއިރު އޭގައި ވަނީ ޖަލުތަކުގައި ހުރި މައްސަލަތަކާއި ހޯދުންތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ގާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމުގެ މައްސަލަ އާއި މުއްދަތެއް ނެތް ގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ޖަލަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް މީހުން ބައިތިއްބާފައިވަނީ މާލެ އަދި މާފުށީ ޖަލުގައެވެ.

އެ ރިޕޯޓުގައި ވަނީ ޕޮލިސީއާ ގުޅުން ހުރި 32 އިންސައްތަ ހުށަހެޅުމަކާއި ގާނޫނާއި ގަވައިދުތަކާއި ގުޅުންހުރި 30 އިންސައްތަ ހުށަހެޅުމެއް ހުށަހަޅާފައެވެ. އަދި އިދާރީ ވިހި އިންސައްތަ ހުށަހެޅުން ހުށަހަޅާފައިވާއިރު ބަޖެޓާ ގުޅުންހުރި 18 އިންސައްތަ ހުށަހެޅުމެއް ވެސް ހުށަހަޅާފައިވެއެވެ.

ކަމާއި ގުޅުން ހުރި އިދާރާތަކަށް މިހާރު އެ ރިޕޯޓު ހިއްސާކޮށްފައިވާއިރު ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހިޔާލު