Shah ge Mannat gannan ulhunin: Salman
image
0 ކޮމެންޓް
 

ޝާހުގެ "މަންނަތު" ގަންނަން އުޅުނިން: ސަލްމާން

ބޮލީވުޑުގެ ބަތަލު ސަލްމާން ހާން އާއި ޝާހުރުކް ހާނަކީ ބޮލީވުޑުގައި މިއަދު ނަން ހިނގާ އެންމެ މަޝްހޫރު ދެ ތަރިންނެވެ. އަދި އެހާމެ ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ.
މުމްބާއީގައި ހުންނަ ޝާހުގެ މަންނަތަކީ މިވަގުތު ބޮލީވުޑު ތަރިން ދިރިއުޅެމުން އަންނަ ގެތަކުގެ ތެރެއިން އެންމެ އަގު ބޮޑު ގެއެވެ. މޫދު ފެންނާނެހެން ހުންނަ އެ ގެއަކީ މިހާތަނަށް ޝާހު ގަތް އެންމެ އަގު ބޮޑު އެއް މުދާކަމަށް އޭނާ ބުނެއެވެ.

ދާދިފަހުން ސަލްމާން ވެސް ވަނީ ޝާހުގެ ގެ ގަންނަން އޭނާ މަސައްކަތް ކުރި ކަމަށް ބުނެފައެވެ. އެކަމަކު ސަލްމާން ބުނީ، އެގެ ގަތުން ހުއްޓުވީ އޭނާގެ ބައްޕަ، ސާލިމް ހާން ކަމަށެވެ. އެގޮތުން އެހާ ބޮޑު ގެއެއްގައި އޭނާ ކުރާނީ ކީއްތޯ ބައްޕަ އެހި ކަމަށް ސަލްމާން ބުންޏެވެ.

އެކަމަކު ސަލްމާން އެ ގެ ގަތުމަށް މަސައްކަތް ކޮށްފައި ވަނީ ޝާހު އެ ގެ ގަތުމުގެ ކުރިންނެވެ. ފަހުން ސަލްމާން ވަނީ އޭނާ ބައްޕަ ބުނި ވާހަކައަށް ޖޯކު ޖަހައި ޝާހު އެހާ ބޮޑު ގެއެއްގައި ކުރަނީ ކީއްތޯ ސުވާލުކޮށްފައެވެ.

މިހާރު ސަލްމާން ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބަފައިންނާއެކު މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓްގައެވެ. ޝާހު ދިރިއުޅޭ ގެހާ ބޮޑު ނޫނަސް އެ ތަނަކީ ވެސް ރީތި ތަނެކެވެ.
ހިޔާލު