Laamu Fonadhoo Police Station hingumugai Corruption himeney kamah bune mahsala balanee
image
ފޮނަދޫ ޕޮލިސް ސްޓޭޝަން--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ފޮނަދޫ ޕޮލިސް ސްޓޭޝަން ހިންގުމުގައި ކޮރަޕްޝަންވާ ކަމަށް ބުނެ މައްސަލަ ބަލަނީ

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތް ކުއްޔަށް ހިފާފައިވަނީ ކޮރަޕްޝަނުން ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގައިފި އެވެ.
ޖަލުތައް އޮޑިޓް ކުރުމަށްފަހު މިއަދު ނެރުނު ރިޕޯޓުގައި ބުނީ ފޮނަދޫ ޕޮލިސް ސްޓޭޝަން ހިންގުމަށް ކުއްޔަށް ހިފާފައިވާ އިމާރާތަކީ ފުލުހަކާ ގުޅުން އޮތް މީހަކާއި އާއިލީ ގުޅުމެއް އޮތް މީހެއްގެ ތަނެއްކަން އެނގިފައިވާ ކަމަށެވެ.

"ޕޮލިސް ސްޓޭޝަން ހިންގުމަށް މިހާރު ކުއްޔަށް ހިފާފައިވާ އިމާރާތަކީ ފުލުހުންގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކާ، ގުޅުންހުރި މީހަކާ އާއިލީ ގުޅުމެއް އޮތް މީހެއްގެ ތަނެއް ކަމަށް" މައުލޫމާތު ލިބިފައިވާ ކަމަށާއި އެތަނެއްގައި މަސައްކަތް ކުރާ މީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް ނުވަތަ ގާތް މީހަކަށް މަންފާވާ ގޮތަކަށް ހިންގޭ އަމަލަކީ ކޮރަޕްޝަނަށް މަގުފައިވާ ފަދަ އަމަލެއް ކަމުން އެމައްސަލަ ބެލުމަށް ފުލުހުންނަށް އަންގާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އާއްމުކުރި ރިޕޯޓުގައިވާ ގޮތުން ރިޕޯޓު ހިއްސާކުރާތާ 15 ދުވަހުގެ ތެރޭގައި ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށައި އެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަން ޖެހެ އެވެ.

މިއަދު އާއްމުކުރި އެ ރިޕޯޓުގައިވަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް ފާހަގަކޮށްފައެވެ.
ހިޔާލު

މާމާ

ތީކާކައްްނޭންގޭ ކަމެއްތަ؟

މަރިޔަބު

ކަލޭމެން ހާދަ މޮޅޭދޯ ހަބަރު ލިޔަން. ތެދު ހަގީގަތް ނުބަލާ މިއަށް ފަދަ ރޯދަ މަހު މީހުން އަންގައިން އެއްޗެހި ގޮއްވަން ނޫޅެބަލަ. ތި ވެގެން އުޅޭ ގޮތަކީ އެމްޑީޕީ މީހުން އަށް ހަޖަމް ނުވަނީ.