Vihsaaraagai Thaa Atolhuge 43 geakah fenvadhefai vey: Disaster
image
ރަށެއްގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ވިއްސާރާގައި ތ. އަތޮޅުގެ 43 ގެއަކަށް ފެންވަދެފައިވޭ: ޑިޒާސްޓާ

އިއްޔެ ބޯކޮށް ވާރޭވެހި ތ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވިއިރު 43 ގެއަކަށް ފެން ވަދެގެން ރިޕޯޓުކުރި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ފެންވަދެގެން އެންޑޭއެމްއޭއަށް ރިޕޯޓުކޮށްފައިވާ ރަށްތަކަކީ ގުރައިދޫ އާއި ތިމަރަފުށި އަދި އޮމަދޫގެ އިތުރުން ވޭމަންޑޫ އާއި ކިނބިދޫއެވެ.

43 ގެއެއްގައި ފެންބޮޑުވިއިރު އެގެތަކުގެ ހިފާ ގެންގުޅޭ ސާމާނާ ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުންވެފައިވެއެވެ. އެކަމަކު ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ނުޖެހޭ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންގެ އެހީއާއެކު ފެންބޮޑުވި ހުރިހާ ރަށަކުން ވެސް ރޭ މެންދަމު ވަނީ ފެން ހިންދާފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މިއަދު ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ.
ހިޔާލު