Idhikolhu menembarun Qasim ladhugannavaalaifi
image
ގާސިމް އިބްރާހިމް: ފޮޓޯ މަޖިލިސް
9 ކޮމެންޓް
 

އިދިކޮޅު މެމްބަރުން ގާސިމް ލަދު ގަންނަވާލައިފި

އިދިކޮޅު މެމްބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލަދު ގަންނުވާލައިފިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމްއެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރަގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމްގެ ނަންފުޅު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގެވެ.

މި ދެ ބޭފުޅުންނަށްލީ މަޖިލީހުގައި ލީ ސިއްރު ވޯޓުން ގާސިމް އިބްރަހިމް ވަނީ ބަލިވެފައެވެ.

ގާސިމް އިބްރަހީމްގެ ނަންފުޅު މަޖިލީހަށް ހުށަހެޅި އިރު މަޖިލީހުގައި ތިއްބެވި 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.

ގާސިމްއަށް ލިބިވަޑައިގަތީ އެންމެ 17 ވޯޓެވެ. ރައީސް ނަޝީދު 67 ވޯޓު ކާމިޔާވު ކުރެއްވި އިރު ވަކިކޮޅަކަށް ވޯޓު ނެދެއްވާ އެއް މެމްބަރު ހުއްޓެވެ.


ހިޔާލު

މުޙައްމަދު

އަސްލު ނަޝީދު ނޫންބާ ލަދުގަންނަން ޖެހޭނީ. ވޯޓުލީ އެމްޑީޕީގެ 65 މެންބަރުން ފިޔަވައި އިދިކޮޅުން ލިބުނީ އެންމެ ދެވޯޓު. ގާސިމަށް އިދިކޮޅުގެ ވީމާ އިދިކޮޅުން ގާސިމު ލަދުގަންުނުވާލިއެކޭ ނުބުނެވޭނެތާ

މުހައްމާ

ޖޭޕީގެ ލީޑަރު ކަމުން ގާސިމް އިސްތިޢުފާ ދޭކަން ނުވޭތޯ ؟ މިހާރު ގާސިމް ސިޔާސީ ދާއިރާއިން ދުރަށްޖެހި އެހެން މެމްބަރުންނަ ފުރުސަތު ދޭންޖެހޭއެވެ. ސަބަބަކީ މަޖުލިސް އިންތިހާބުގައިވީ ނާކަމިޔާބުގެ ސަބަބުންނެވެ. ގާސިމް އަތުގައި ފައިސާ ހުއްޓަކަސް ރައްޔިތުންނަ ގާސިމުގެ ޚިޔާލާއި ފިކުރަށް ތާއިދެއް ނުކުރެއެވެ. ހެޔޮވަރި 6 ގޮޑި ގަޑު ވެސް ގާސިމްއަށް ނުލުބުނެވެ.

ކޮތަރު

އެއީ ގާސިމުލަދުގަންނަންޖެހޭކަމެންނޫނެންނު ؟ ތިކަހަލަ ކޮސްވާހަކަނުލިއުންއެދެން ..

ޙުނަ

ތިޔަ ތިބަ މީހުން ލަދު ގަނަނާނެތަ ލަދާ ހަޔާތުން އަރުއްވައި ގަނެފަ. ޥެރިކަމާހުރެ ބޫތު ކައިފަ

ހިނި

ގާސިމް ލަދު ގަންނަން ޖެހޭ ނަމަ 2013 ގއި ރައީސް ނަޝީދު ލަދު ގަންނަން ޖެހޭ

Izumiya

ލަދުގަންނާކަށް ނުޖެހޭދޮތަ އެންމެކުރިން ވެސް އެނގޭނެ ރީދޫފިޔަވައި އެހެން މީހަކު ނުހޮވޭނެކަން ސުޕަރ މެޖޯރިޓީ އޮތީ ރީނދޫކޮޅުގަކަން މިހާރު ތިޔައީ ރައްޔިތުންގެ މަޖްލިސް އެއްވެސް ނޫން އެމްޑީޕީ މަޖްލިސް ނިކަން ރީތި ކުޅި ކުޅެލާނެ މިހާޜުވެސް އެއޮތީ އާއިލާ މީހުންގެ ރިސޯޓްތަކަށް ހުއްދަ ދީފަ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކަނީސް ކުރީގަ އެއަރޕޯޓެއްނު ވިއްކާލީ މިފަހަރު މަޖްލިސްއާ ވެރިކަން ލިބުނީމަ ގައުމު ތޯއްޗެ ވިއްކާ ލާނީ

ދިރާސާ ދަރިވަރު

އުނހު! ބަލަ ގޮނޑީގެ ޢަދަދު 87 ތޯ؟ ލިބި ވަޑައިގަތީ 17 އޭތޯ؟ އެކަމަކު ތި ނަތީޖާއާއި މެދު އަޅުގަނޑު ދަންނަވާނީ ސިޔާސީ ގޮތުން ޓީނޭޖް ރޭންޖަކަށް ބަދަލުވެ އަލުން ޒުވާންވެ ވަޑައިގަތްގަތުމެއް ކަމަށް. މާނައަކީ ކިތަންމެ އެއްޗެއް އެނގިވަޑައިގަންނަން އަދިވެސް އެބަޖެހިވަޑައިގަންނަވާކަން.

ސަކީނާ

ގާސިމަށް ޖެހޭނީ ފިއްތާލައިގެން ހުންނަން

އައިސް

އެއްބަސް ވުމުގަ އޮތީ ގާސިމަށް