Mi majileehakee rahyithun foni unmeedhaaeku ahyanu kuri majileeheh: Raees Nasheed
image
1 ކޮމެންޓް
 

މި މަޖިލީހަކީ ރައްޔިތުން ފޮނި އުންމީދާއެކު އައްޔަނު ކުރި މަޖިލީހެއް: ރައީސް ނަޝީދު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ފޮނި އުންމީދާއެކު އައްޔަނު ކުރި މަޖިލީހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އައު ރައީސް މިހެން ވިދާޅުވީ ނަވާރާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން މިރޭ ވާހަކަ ދައްކަވަމުންނެވެ.

"މި މަޖިލީހުގައި ޖުމްހޫރީ ޕާޓީއާ، އެމްޑީޕީއާ، ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުން ނިސްބަތްވޭ. ތި ބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން ގާނޫނާ ގަވާއިދު ތަން ދިން އެންމެ ފުޅާ ދާއިރާއެއްގައި ތިބޭފުޅުންގެ ދައުރު އަދާކުރުމަށް ފުރުސަތު ދޭނަން. އަޅުގަނޑަށް ޔަގީން މި މަޖިލީހުގެ ގަދަރާ އިއްޒަތް ތިބޭފުޅުން ހިފަހައްޓަވާނެ. މި ގައުމުގެ ގަދަރާ އިއްޒަތް ގުޅިފައިވަނީ ތި ބޭފުޅުންގެ އަމަލުތަލާ،" ރައީސް ނަޝީދު ރިޔާސަތުގައި ދެއްވި އެންމެ ފުރަތަމަ ތަގުރީރުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މަޖިލީހަކީ އިންސާފު ގާއިމް ކުރުމަށް ގެނައި މަޖިލީހެއް ކަަމަށެވެ. އަދި މަޖިލީހުގެ ތަޅުމުންނާއި، އިދާރާއިން މެމްބަރުންނަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ.

"ދިވެހި ރައްޔިތުން އެދެނީ ތިބޭފުޅުންގެ ފަރާތުން ތަނަވަސް ދިރިއުޅުމެއް. މަޖިލިސް ބައްޓަން ކުރާނީ ވެސް އެ ގޮތަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހިޔާލު

ޙަސީ

މިހާރަކު އިދިކޮޅޭ ކިޔާނެ ޖާގައެއް ނެތް.ރައްޔިތުންނަށް ކޮށްދޭން ބޭނުން ކޮންމެ ކަމެއް ކޮށްދެވޭނެ ދޮރު ތިހުޅުވުނީ. ހެޔޮ ވެރިކަން ފެންނާނެ ކަމަށް ޔަގީން ކުރަން.