Vaahaka: Fahsi
image
ވާހަކަ: ފައްސި--
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: ފައްސި

ފަސް ވަނަ ބައި
"އޯ ސީ ޑީ އަކީ ކޮން އެންޗެއްތަ؟" ހިތުގައި އުތުރި އަރަމުންދާ ސުވާލުތަކަށް ޖަވާބެއް ނުލިބުމުން އަހަރެން ލިޔެލީމެވެ. ދޮންތަގެ ޖަވާބަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ. ދެތިން ފަހަރަކު ފޯނަށް ބަލައިލީމެވެ. އޭރުވެސް ފެންނަމުން ދިޔައީ ދޮންތަ ލިޔަމުންދާ ކަމެވެ.

"ދަރިފުޅާ ދޮންތައަށް ގުޅައިލަބަލަ. ނޫނީ އޮންލައިންގަ އިންތޯ ބަލައިލަބަލަ" މަންމަގެ އަޑު ޖެހުމުން އަހަންނަށް ސިހުން ލިބުނެވެ.
"ދޮންތަ އިނީ އޮންލައިންގަ. ވާހަކަ މި ދައްކަނީ ދޮންތަޔާ. ވަރަށް ލަހުން ޖަވާބު އަންނަނީ. ހީވަނީ އެ ކޮޅަށް ނެޓުވަރކް ތަންކޮޅެއް ދަށީހެން" އަހަރެން މަންމަގެ މޫނަށް ބަލައިލަމުން ބުނެލީމެވެ.

އަހަންނަށް ސަމާލުވެވުނީ މަންމަގެ ހަރަކާތްތަކަށެވެ. މަންމަ އޮތް ގޮތުންނެވެ. ނިދާ ބޮކީގެ ފަނޑު އަލީގެތެރެއިން ވެސް މަންމަގެ ފިކުރު ބޮޑުވެފައިވާ މޫނުން ފެންނަ އަސަރުތައް އަހަންނަށް ވަޒަންކުރެވުނީމައެވެ. މަންމަގެ ކަނާއަތް އޮތީ ނިތްމަތީގައި ބާއްވާލައިފައެވެ.

ފޯނަށް މެސެޖެއް ލިބުމުން ފޯނަށް ބަލައިލީމެވެ. އެއީ ދޮންތަގެ މެސެޖެކެވެ. ދޮންތަ ފޮނުވީ ވެބު ސައިޓެއްގެ ލިންކެކެވެ.
"މި ލިންކުގައި ހުރި މައުލޫމާތުތައް ކިޔައިލަބަލަ" ދޮންތަގެ މެސެޖު ލިބުނީ އިރުކޮޅެއް ފަހުންނެވެ.

އަވަސް އަވަހަށް އެ ލިންކުގައިވާ މައުލޫމާތުގެ ތެރެއަށް ފީނައިގަތީމެވެ. އެއީ، އޮބްސެސިވް ކޮންޕްލެސިވް ޑިސްއޯޑަރ ނުވަތަ އޯސީޑީއެވެ. އެއީ، އޯސީޑީ ޑިސްއޯޑަރ އަކީ ކޮބައިކަމާ ގުޅޭ މައުލޫމާތެވެ. މިއީ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށް އެ މައުލޫމާތުތަކުން އަހަންނަށް އެނގުނެވެ. މި ބަލީގެ ނިޝާން ނުވަތަ އަލަމާތްތަކެއް ކަމަށް އެ ވެބުސައިޓުގައި ވަނީ ވަކި ކަންކަން ވަކި ތަރުތީބަކުން ވަކި ހަމަތަކެއްގެ މަތި ކުރުމުގެ އާދައަކަށް މީހާގެ މިޒާޖު ހޭނުމެވެ. އަހަރެންގެ ހިތުގައި ސުވާލު މާކު ތަކެއް ޖެހެމުން ދިޔައެވެ. ވަކި ކަމެއް ވަކި ހަމައަކުން ނޫނީ ވަކި އުޞޫލަކުން ކުރުމަށް އާދަވުމަކީ ވެސް ބައްޔަކަށްވީ ހެއްޔެވެ؟ އެހެންވެ އަނެއްކާ ވެސް އެ މައުލޫމާތުތަކުގެ ތެރެއަށް ފީނަށް ސިކުނޑި މަޖުބޫރު ކުރުވިއެވެ.

މި ބަލި ޖެހުމުން ފެނިދާނެ މައިގަނޑު އަލާމަތްތަކެއް ކަމަށް ހިމަނާފައިވަނީ ތަކުރާރުކޮށް އަތްދޮވުން، ތިމާ ގެންގުޅޭ އެއްޗެހި ހުރީ ތަރުތީބުންކަން ކަށަވަރު ކުރުމަށް އެތަކެތީގެ ހާލަތު ބެލުން އަދި ދޮރު ލައްޕާ ތަޅުލައިފައި ހުރިކަން ޔަގީން ކުރުމަށް އަބަދާއަބަދު ސަމާލުކަން ދިނުން ފަދަ ކަންކަމެވެ. މިފަދަ ބައެއް މީހުންނަށް އެމީހުން ގެންގުޅޭ ތަކެތި ބައުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެއްލައިލުމަށް އުނދަގޫ ވާނެ ހާލަތްތައް އައުން އެކަށީގެންވާ ކަމަށް ވެސް ލިޔެފައިވެއެވެ. އެފަދަ ތަކެތި ވެސް ރައްކާކޮށް ބެލެހެއްޓުމަށް ލޯބި ކުރުމާއި އެފަދަ އެއްޗެއްސާ ހެދި މާ ބޮޑަށް އުޅުމާއި މުށްބާރުވުން ފަދަ ސިފަތައް ފެނިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
"ދަރިފުޅާ ބައްޕަގެ ރިޕޯޓުތައް ލިބިއްޖެތަ މިހާރު؟" މަންމަ އަނެއްކާ ވެސް އަހައިލިއެވެ.
"ހޫމް" އަހަންނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ.
"ކީކޭތަ ބުނީ؟" މަންމަގެ ސުވާލު އަވަސްވެފައި ކުރެވެ.
"މި ކިޔަނީ"
"ކީކޭތަ އޮތީ؟" އަނެއްކާ ވެސް މަންމަ އަހައިލިއެވެ.
"އޯސީޑީ"
"އެ ކޮން އެއްޗެއް؟" މަންމަގެ އަޑު ބަދަލުވަމުން ދިޔައެވެ.
"ބައްޕައަށް ހުރީ އެބަލި ޖެހިފައި ކަން ނޭނގެ" އަހަރެން ފަރުވާ ކުޑަ ގޮތަކަށް ބުނެލެވުނެވެ.
"ކަން ނޭނގެޔޭ" މަންމަގެ ކަންބޮޑުވުން އިތުރުވަމުން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. "ދަރިފުޅު ކަމެއް ސިއްރު ކުރަނީތަ އަނެއްކާ؟"
"ނޫނެކޭ. ދޮންތަ ވެސް ނުބުނެޔޭ ވީ ގޮތެއް. އަހަންނަށް ފޮނުވީ ކިޔާށޭ ކިޔައިފަ ވެބު ސައިޓެއްގެ ލިންކެއް. އެ ސައިޓަށް ވަދެގެން މި ކިޔަނީ އެ" ފޯނަށް ލޯ ހިންގަމުން އަހަރެން މަންމައަށް ޖަވާބު ދިނީމެވެ.
"ކީކޭތަ އޭގައި އޮތީ؟"
"ކަންބޮޑުވުމުން ދުރުވުމަށް ޓަކައި މިކަހަލަ މީހުން ތަކުރާރުކޮށް އެއްކަހަލަ ކަންތައްތަކެއް ކުރާނެޔޯ" މަންމައަށް އޮޅުން ފިލުވައިދެވޭތޯ ބެލީމެވެ.
"ތިބުނީ؟" މަންމަގެ މޫނުގައި ސުވާލު މާކެއް ޖެހުނެވެ.

"މި ބުނާ ބަލި ޖެހިފަ ތިބޭ މީހުން ކުރާނީ އެކި ކަހަލަ ކަންކަން. އެކި މީހުންގެ ޝައުޤު ވެސް ހުންނަނީ އެކި ދިމާއަށް ކަމަށްވަނީ. ބައެއް މީހުން އެމީހުންގެ ދީނީ ރަސްމުތަކުގެ ގޮތުގައި ވެސް ކަންކަން ކުރާކަމަށްވަނީ. އެކަހަލަ މީހުން ގަބޫލު ކުރަނީ މި ބުނާ ކަހަލަ ރަސްމުތައް ފުރިހަމަ ނުކޮށްފި ނަމަ އެމީހުންނަށް ބިރުވެރި ކަންކަމާ ކުރިމަތިލާން ޖެހޭނެކަމަށް" އަހަރެން ފޯނަށް ބަލަމުން އިނގިރޭސިބަހުން ހުރި މައުލޫމާތުތައް ދިވެހިބަހުން ކިޔަމުން ދިޔައީމެވެ. "އާދަޔާ ޚިލާފަށް ގައިގެ ހަންގަނޑަށް ދެމުމާއި ހަންގަނޑާ ކުޅުމާ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، ކަމަކާ ނުލައި ބޮލުންނާއި އަތްފައިން އިސްތަށިތައް ލުހުން ނޫނީ ނެއްޓުމާއި ދަތުން ނިޔަފަތި ކެއުން ފަދަ ކަންކަން މި ފަދަ މީހުންގެ ފަރާތުން ފެންނާނެ"
"ދެން؟" އަހަރެން ހުއްޓައިލުމުން މަންމަ އިތުރަށް ސުވާލުކޮށްލިއެވެ.

"ދެން ހުރީ އެހެން ކަހަލަ ވާހަކަ ތަކެއް" އަހަރެން ޖެހިލުންވެ އިނދެ މަންމައަށް ބަލައިލީމެވެ.
"އެ ކޮން ކަހަލަ؟" މަންމަ ސުވާލުތައް ތަކުރާރުވަމުން ދިޔައެވެ. "ދަރިފުޅަށް ބުނަން ނުކެރޭނެ ވާހަކަ ވެސް ހުރޭތަ؟ ތި ކިޔަނީ ތީގައި އޮތް އެއްޗެކެއްނު. ހަދަހަދައިގެން ކިޔާ އެއްޗެއް ނޫނެއްނު. މަންމަ ހިތަކަށް އެއްޗެއް ނާރާނެޔޭ"

"އެއީ ޖިންސީ ކަންކަމުގައި އާއްމު އުސޫލުތަކުން ބޭރު ބައެއް ކަންކަން ކުރުމަށް މިފަދަ މީހުންގެ ސަމާލުކަން ހުންނަކަމަށް" ޖެހިލުންވެ އިނދެ އަހަރެން ފޯނުގައިވާ މައުލޫމާތުތައް ކިޔައިދެމުން ދިޔައީމެވެ. "ރޭޕުކުރުމާއި ކުޑަކުދިންނާ ބެހުމާއި އާއިލީ މީހުންގެ އިތުރުން ތިމާގެ އަމިއްލަ ދަރިންނާ ބެހުމާއި، ޖަނަވާރުންނާ ބެހުން ފަދަ ދީނުގައި މަނާކޮށްފައިވާ ގޮތަށް އެފަދަ ކަންކަން ކުރުމަށް ޝައުޤުވެރިވުމަކީ ވެސް މި ބަލި ޖެހިފައި ތިބޭ މީހުންނަށް ވެދާނެ ކަމެއް ކަމަށްވަނީ"

"ކީއްވެ، ކިހިނެއް ޖެހޭ ބައްޔެއްތީ؟" ކުރަކި ވެފައިވާ އަޑަކުން މަންމަ ސުވާލުކޮށްލިއެވެ.

(ނުނިމޭ)
ހިޔާލު

ޞައގފޖދޖސ

ޑްރަގް ޔޫސްކޮށްގެން މީހުނާބެހެނީ

ފޭކް ލިޔުމެއް

ލޮލް ސިހުރުހަދާ މީހުން ކުޑަކުދިންނާ ބެހި ޒިނޭކުރަނީ ސައިތޯނާގެ ލޯބި ހޯދަން. ނޫނީ ސިހުރެއް ޖެހިގެން ގަޔަށް ޖިންނި ވަދެގެންވެސް ކޮށްފާނެ. ނޫނީ ދީން އުނގެނިފަ ނެތީމަވެސް ކޮށްފާނެ.
ދެން ތަރުތީބުން ކަންކަން ކުރުމަކީ ރަނގަޅު ރީތި ސިފައެއް ނޫންތަ؟ މީހަކު މޮޔަވެދާނެ

ތެރަޕީ

އެހެންވީމަ ކުޑަކުދީންނާ ބެހޭ މީހުން ނަކީ ބަލި މީހުންދޯ.... އާ މީހުން ބުނޭ ހަމަ ހޭގައި ތިބޭ މީހުން ެ ޒާތުގެ ކަންކަން ނުކުރާނޭ