Gelluvaali gondin Majilis ge raees kamah
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
0 ކޮމެންޓް
 

ގެއްލުވާލި ގޮނޑިން މަޖިލީހުގެ ރައީސް ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖެ ނުދެކޭ ފަދަ ސިޔާސީ ލީޑަރެއް ކަމާއި މެދު ދެކޮޅު ހަދާނޭ މީހަކު މަދުވާނެ އެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ނުގުޑާ ފަދަ އަޒުމުން ރާއްޖޭގެ ސިޔާސީ ރޭހުގައި ގިނަ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފަ އެވެ.
ނޫސްވެރިކަމުން ފެށި ސިޔާސީ ހަޔާތުގައި ޖަލުގެ ކުޑަގޮޅި އާއި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތައް ހޭދަ ކުރެއްވި އިރު، މިއަދު އެމަނިކުފާނަކީ ދުނިޔޭގެ ތާރީހަށް ވެސް ވަދެގެންދާނެ ބޭފުޅެކެވެ. ރާއްޖޭގެ ރައީސްކަން ކުރެއްވުމަށްފަހު މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސްކަމަށް ހަވާލުވެވަޑައިގަތުމީ ކުޑަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ.

1999 ވަނަ އަހަރު ރައީސް ނަޝީދު ވަނީ އޭރުގެ ރައްޔިތުންގެ މަޖިލީހަށް ވެސް އިންތިހާބުވެފަ އެވެ. މާލޭ މެމްބަރެއްގެ ގޮތުގައި ހޮވި ވަޑައިގަތް ނަޝީދުގެ ގޮނޑި ގެއްލުވާލީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ވައްކަމުގެ ތުހުމަތަކާއި އެކުއެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރު ދިރިއުޅުއްވި ވެލާނާގެއިން އެއްޗެހިތަކެއް ނެންގެވި ކަމުގެ ތުހުމަތުގައި ވައްކަމުގެ ކުށް ސާބިތުކޮށް ރ. އަގޮޅިތީމަށް އަރުވާލިއެވެ.

އެމަނިކުފާނު އަރުވާލީ މީގެ 20 އަހަރު ކުރިން އިއްޔެއެވެ. މިއަދު ހާލަތު ބަދަލުވިގޮތް ބައްލަވާށެވެ. 20 އަހަރު ފަހުން މިއަދު އެމަނިކުފާނު އެ އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގަ އެވެ. އެމަނިކުފާނު އެއިންނެވީ އެމަނިކުފާނު ރައީސްކަން ކުރައްވާ ޕާޓީގެ ބޮޑު މެޖޯރިޓީ އާއި އެކު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައެވެ.
ހިޔާލު