West Park sarahahdhun fen hikkumuge masakkaiy MNDF inn kuranee
image
ވެސްޓް ޕާކް ސަރަހައްދުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ވެސްޓް ޕާކް ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ

މާލެއަށް ވާރޭވެހި ވެސްޓު ޕާކު ސަރަހައްދުގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ކަމަށެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާއިރު، އެކި ރަށްރަށުގައި ދަނީ ފެންބޮޑުވަމުންނެވެ.

އެގޮތުން މިހަފްތާގައި ތ. އަތޮޅަށް މޫސުން ގޯސްވެ، 40 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންވި އެވެ. އޭގެ އިތުރުން މާލޭގައި ވެސް ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިިނގަމުންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ވެސް ނެރިފަ އެވެ. އެގޮތުން މިއަދު މެންދުރު 03:00 އާ ހަމައަށް އެ އެލާޓް އޮންނާނެ އެވެ.

ނ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ސަމާލުވެ ތިބުމަށް އަންގާފަ އެވެ.
ހިޔާލު