Aa lafzuthah hedhumuge usooluthakah badhalugennanjehey: Yumna
image
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ: ޔުމްނާ

އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ އެހެން ވިދާޅުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި ނަންތަކަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަނިކޮށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އަންނަނީ އެނަންތަކަށް ނުހަނު ބޯޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެނަންތައް ކިޔަން އުނދަގޫ ކަމަށާއި، އަދި ދޭހަވުމަށް ވެސް އުނދަގޫ ކަމަށް ބުނަމުންނެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ލަފްޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަވާނޭ ގޮތަކަށް ކަމަށެވެ.

"އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ލަފްޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް، އާންމުންގެ ޚިޔާލާވެސް އެކު. މިިކަމާ މި ގެންދަނީ ބަހުގެ އެކަޑަމީ އާ މަޝްވަރާ ކުރަމުން،" ޔުމްނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ނަންތަކަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ބަހުގެ އެކެޑެމީން ބުނެފައިވަނީ، އައު ލަފުޒުތަކަކީ އައިޖީއެމްއެޗްގެ އެދުމަށް ބަސް ކޮމިޓީގެ ފަންނީ ކޮމިޓީން އެ ހޮސްޕިޓަލަށްގޮސް ކޮށްދީފައިވާ މަސައްކަތެއް ކަމަށެވެ.
ޔުމްނާ މައުމޫން
ހިޔާލު

ކިސާލިފަރު

ތިޔަ ބުނާ ފަންނީ ކޮމިޓީގައި ތިބެނީ ކޮންބައެއްކަން އެނގޭ. ގިނައީ ބޭކާރު މީހުން. ބޯ ގިނަކުރަން ލާފަ ތިބި މީހުން.