Senehiya kairee hingi accidnet eh gai meehakah bodethi aniyaathakeh
image
އަނިޔާވި މީހާއަށް ފުލުހުން އެހީތެރުވަނީ: ފޮޓޯ ޕޮލިސް
ސީއެންއެމް
1 ކޮމެންޓް
 

ސެނެހިޔާ ކައިރީ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް

މިއަދު ހަވީރު ސެނެހިޔާ ކައިރީ ތާރު މަގުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރުދުއް ބައެއް މީހުން ބުނީ ދެ ސައިކަލު ޖެހި ހިނގިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެތައްނުން އެއް ސައިކަލުގައި އިން މީހަކަށް ކަމުގައެވެ. އޭނާގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިއުމުގެ އިތުރުން ފަޔަށްވެސް އަނިޔާވިކަމަށް ބައެއް މީހުން ބުނެއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ވައަތު ފައިގެ ކަށިމަތި ފަޅައިގެންގޮސް ވަރަށް ބޮޑަށް ލޭ އައިސްފައިވާއިރު އޭނާއަށް އެކަނި ހިނގައިވެސް ނުގަނެވޭކަމަށް ބައެއް މީހުން ބުނެއެވެ.

ފުލުހުން ބުނީ މިރޭ އިރުއޮއްސުނު ވަގުތު ހިނގި މިއެކްސިޑެންޓްގައި އަނިޔާވި މީހާއަށް އެސްއޯ ފުލުހުން އެހީތެރިވެ އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސެނެހިޔާ ކައިރިން އެކްސިޑެންޓްވީ އެއް ސައިކަލު އެމަގުން ޔޫޓާންއެއް ނަގައި އަނބުރާލަން އުޅުމުގެ ތެރޭގައި އެހެން ސައިލަކެއްގައި ޖެހިގެން ކަމުގައެވެ.
ހިޔާލު

މައޭރުވެސްބުނިން

ކޮބާ ފުލުހުންގެ ތަފާތު މިހާރު އެބަ ފެނޭ ދެއްތޯ؟ މިގޮތް ކުރިންވެސް އޮތް ދެއްތޯ؟