Theyo Barukohfai oiyy STO ge Boat eh Kaashidhoo nerah araifi
image
ތެޔޮ ބަރުކޮށްފައި އޮތް އެސްޓީއޯގެ ތެޔޮ ބޯޓެއް ކާށިދޫ ނެރަށް އަރާފައި -- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ތެޔޮ ބަރުކޮށްފައި އޮތް އެސްޓީއޯގެ ބޯޓެއް ކާށިދޫ ނެރަށް އަރައިފި

ތެޔޮ ބަރުކޮށްފައި އޮތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތެޔޮ ބޯޓެއް ކ. ކާށިދޫ ނެރު ފައިކައްޓަށް އަރައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ކާށިދޫ ނެރުކައްޓަށް ތެޔޮބޯޓެއް އެރި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ އިރާކޮޅު ކަމަށެވެ.

ނެރަށް އެރި ތެޔޮ ބޯޓު ފުން ކުރުމުގެ މަސައްކަތް ބާޖެއް ބޭނުންކޮށްގެން މިހާރު ކުރަމުން އަންނައިރު އެމްއެންޑީއެފުން ބުނީ ބޯޓުގައި ހުރި ތެޔޮތައް އަންލޯޑު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ނެރަށް އެރި ނަމަވެސް އެއްވެސް ގެއްލުމެއް ބޯޓަށް ލިބިފައެއް ނުވާކަމަށް ހާދިސާގައި މީހަކަށް ވެސް އަނިޔާއެއް ނުވާ ކަމަށެވެ.
ހިޔާލު