Market agu thah adhives evvareggai
image
ލޯކަލް މާރުކޭޓް--
0 ކޮމެންޓް
 

މާރުކޭޓު އަގުތައް އަދިވެސް އެއްވަރެއްގައި

މިއަދު މާރުކޭޓްގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއް ހުރީ 25ރ އަށެވެ. މިރޯދަ މަހު އާއްމުކޮށް ކަރާ ކިލޯއެއް 20ރ އަށް ވިއްކި ނަމަވެސް ބައެއް ދުވަސް ދުވަހު 30ރ އާއި 35ރ އަށް ވެސް އަގު މައްޗަށް ގޮސްފައި ވެއެވެ.
މިއަދު ބާޒާރުގައި ފަޅޯ ކިލޯއެއް އުޅެނީ 25ރ އަށެވެ. ފަޅޯ ވެސް އާއްމުކޮށް ވިއްކާފައިވަނީ 20ރ އަށެވެ.

މި ރޯދަ މަހު އަގުތަކުގައި އެންމެ ބޮޑު ތަފާތެއް އަންނަމުންދާ ލެޓިއުސް ކިލޯއެއް މިއަދު ހުރީ 70ރ އަށެވެ. ނަމަވެސް މިގެ ދެދުވަސް ކުރިން 40ރ އަށް ލިބެން ހުއްޓެވެ. އާއްމުކޮށް ލެޓިއުސް ކިލޯއެއް މިރޯދަމަހު ވިއްކަމުން ދިޔައީ 70ރ އާއި 80ރ އާދެމެދުގެ އަގުތަކުގަ އެވެ. އަދި ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް 150ރ އާއި 120ރ އާ ދޭތެރޭގެ އަގުތަކުގައި ވިއްކާފައި ވެއެވެ. އެހެންކަމުން ލެޓިއުސް މިރޯދަ މަހު ވިއްކާފައިވަނީ 40ރ އާއި 150ރ އާދެމެދުގެ އަގުތަކުގަ އެވެ.

މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ރާއްޖެއިން ބޭރުން މިރުސް އެތެރެ ކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ. އަދި ބޭރު ގައުމުތަކުން އެތެރެކޮށްފައިވާ މިރުހާއި ދިވެހި އެހެން ރަށްތަކުން ގެނެސްގެން ވިއްކާ މިރުސް 100 ގްރާމް 15ރ އަށް ވެސް ލިބެން އެބަ ހުއްޓެވެ.

ތަރުކާރީ އާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކާއި ތަފާތެއް ނެތެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-70ރ އަށް
ކަރާ ކިލޯއެއް: 25ރ އަށް
ޓޮމާޓޯ ކިލޯއެއް: 40ރ-45ރ އަށް
ބަރަބޯ ކިލޯއެއް: 20ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 18ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 70ރ އަށް
3 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 15ރ އަށް
ފިޔާ ކިލޯއެއް: 10ރ އާއި 15ރ އަށް
ބަނބުކެޔޮ: 25ރ-50ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 280ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު