Mas market: Kandumas kilo eh MVR 30 ah
image
މިއަދު މާރުކޭޓްގައި ވިއްކާ އެންމެ ބޮޑު ރަތްމަސް--
0 ކޮމެންޓް
 

މަސް މާރުކޭޓް: ކަނޑުމަސް ކިލޯއެއް 30ރ އަށް

މި ރޯދަމަހުގެ އެހެން ދުވަސް ދުވަހާ އަޅާބަލާއިރު، މިއަދު މަސް މާރުކޭޓުގައި އަގުތަކުގެ މާބޮޑު ތަފާތެއް ނެތެވެ.
މިއަދު ފަރުމަހުގެ އަގުތަކަށް ބަލާއިރު، އެންމެ އަގު ބޮޑުކޮށް ހުރީ ބޮޑެތި ރަތް މަހެވެ. އެންމެ ބޮޑެތި ރަތްމަސް 600ރ އާއި 300ރ އާ ދެމެދުގެ އަގުތަކުގައި ލިބޭއިރު، އާދައިގެ ވަރެއްގެ ރަތްމަހެއް 200ރ އާއި 120ރ އާ ދެމެދުގެ އަގުތަކުގައި ލިބެއެވެ. ބޮޑެތި ގިއުޅާއި ފިލޮޅު އުޅެނީ 200ރ އަށެވެ.

ފިލޮޅާއި ގިޔުޅު 50ރ އާއި 200ރ އާ ދެމެދުގެ އަގުތަކުގައި ލިބޭއިރު މާނިޔާ މަހާއި އެކި ވައްތަރުގެ ފަރުމަސް 30ރ އާއި 100ރ އާ ދެމެދުގެ އަގުތަކުގައި ލިބެން އެބަ ހުއްޓެވެ.

އާދައިގެ ވަރެއްގެ ބޯވައެއް 150ރ އަށް ލިބެއެވެ.

މި ރޯދަމަހުގެ ފަހު 10 ގުނަމުންދާއިރު، މަސް މާރުކޭޓުގައި ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިއަދުވެސް ކަނޑުމަސް ކިލޯއެއް 30ރ އަށް ލިބޭއިރު ކަންނެލި ކިލޯއެއް 30ރ އާއި 35ރ އަށް ލިބެއެވެ.

މި ރޯދަމަހު މިހާތަނަށް މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ވިއްކާފައިވަނީ 30ރ އާއި 35ރ އަށެވެ. ކަންނެލި ކިލޯއެއް 30ރ އާއި 40ރ އަށް ވިއްކާފައި ވެއެވެ.

މަސްމާރުކޭޓުގައި ކަނޑުމަހާއި ކަންނެލި، އެވްރެޖްކޮށް ކިލޯއެއް އުޅެނީ 35ރ އަށެވެ. މި ރޯދަމަހު ކަނޑުމަހަށްވުރެ ކަންނެލީގެ އަގު ބޮޑެވެ. އާއްމުކޮށް، ކަނޑު މަހަކީ ކަންނެއްޔަށްވުރެ އަގު ބޮޑުކޮށް ވިއްކާ މަހެކެވެ.

ނަމަވެސް މި ރޯދަމަހު މާރުކޭޓުގައި ކަނޑުމަހަށްވުރެ ކަންނެލި ކިލޯއަކުން 5ރ ބޮޑެވެ. ބައެއް ދުވަސް ދުވަހު ކަނޑުމަހާއި ކަންނެލި އެއް އަގެއްގައި ވެސް ވިއްކާފައި ވެއެވެ.

ގިނަ ރޯދަމަސްމަހު ކަނޑުމަހާއި ފަރުމަހުގެ އަގުތައް ވަރަށް ބޮޑަށް ތަފާތުވެ، ވަރަށް ބޮޑަށް އަގުތައް އުފުލޭތަން ފެނެއެވެ. ނަމަވެސް މިރޯދަމަހު މަހުގެ ބާވަތްތައް އެއް އަގެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
ހިޔާލު