Nehlaidhoo Engine ge ah gehlundhey video eh aanmukohfi
image
ނެއްލައިދޫ އިންޖީނުގެ އަށް ގެއްލުންދޭ ވީޑިއޯގެ ތެރެއިން.
3 ކޮމެންޓް
 

ނެއްލައިދޫ އިންޖީނުގެ އަށް ގެއްލުންދޭ ވީޑިއޯ އެއް އާންމުކޮށްފި

ހދ. ނެއްލައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ދޮރު ހަލާކު ކޮށްލައިގެން އެ ތަނަށް ބަޔަކު ވަންނަ މަންޒަރު ފެންނަ ވީޑިއޯ އެއް ފެނަކައިން މިއަދު އާންމުކޮށްފި އެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފިން އާންމުކުރި ވީޑިއޯ އިން ފެންނަނީ އެ ރަށު ބަޔަކު އިންޖީނުގޭ ތެރެއަށް ވަދެ، ކޮންޓްރޯލް ރޫމްގެ ދޮރުގައި މަރުތެޔޮ ފަދަ އެއްޗެހިން ތަޅައިގެން، އެ ދޮރު ހަލާލުކޮށްލާ މަންޒަރެވެ. އެ ރަށުގެ އިންޖީނުގެއާ ހަވާލުވެ ހުރި މެނޭޖަރު އެ ކަމުގައި ބައިވެރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، އެފަދަ މެނޭޖަރުނާއި އެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އާންމުކޮށް ރަށްރަށުގައި ކަރަންޓް ކެނޑެނީ ވަރަށް އާދައިގެ މައްސަލަތަކުގައި ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުންގެ ފަރުވާ ކުޑަވުމުން ވެސް ބައެއް ފަހަރު އެފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ ޑެޕިއުޓީ މެނެޖިިން ޑައިރެކްޓަރުން އަބުދުﷲ ވަހީދު ވިދާޅުވީ، ރަށުގެ މީހުންނަށް ނޯޓިސް ދިނުމަށް ފަހު މަރާމާތަކަށް ވަކި ގަޑިއަކަށް ކަރަންޓް ކަނޑާލާފައި ވަނިކޮށް ވެސް ބައެއް ރަށްރަށުގެ މީހުން ހިތްހަމަނުޖެހޭ ކަމަށެވެ. މާލޭގައި ވެސް ކުރިން ނޯޓިސް ދީގެން އެފަދަ މަރާމާތުތަކަށް ކަރަންޓް ކަނޑާލާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ހިޔާލު

ނެއްލައިދޫ މީހާ 2

ކޮބާ ވީޑިއޯ؟

ނެއްލައިދޫ މީހާ

ބަލަ ފެނަކަ މީހުން ނަކަށް ނޫނޭ ގެއްލުންވީ. ނެއްލްއިދޫ މީހުން ނަށް ވީ ގެއްލުން ބަލާފަ ވާހަކަ ދައްކާ . ގޭގެއިން ކިތަށް އޭސީ ޓީވީ އައިސް އަލަމާރި ފެން މޯޓަރު ހަލާކު ވީ. ރއްޔިތުން މުޒާހަރާ ކޮއް ތިތަނަށް ނުދިޔަނަމަ އަދިވެސް އުޅުން ޖެހޭނީ ހަމަ އެހާލުގަ.

ގާނިމް

ރަށްރަށު މީހުން ތަހުޒީބުވެބަލަ! ތަރައްގީއަކީ އަދިވެސް ރަށު އޮފީހުގެ ޓިނުގައި ލާ ދަވާދުކަމަށް ދެކިގެން ގޮނޑުދޮށަށް ބަލަން ނުތިބެ ތަހުޒީބުވެބަލަ.