Immigration ge Assistant Controller Vazeefaa in vakikohfi
image
އިމިގްރޭޝަނުން އެސިސްޓެންޓް ކޮންޓްރޯލާ، ހާމިދު ފަތުހުﷲ--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

އިމިގްރޭޝަނުގެ އެސިސްޓެންޓް ކޮންޓްރޯލާ ވަޒީފާއިން ވަކިކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރި މޯލްޑިވްސް އިމިގްރޭޝަނުގެ އެސިސްޓެންޓް ކޮންޓްރޯލާ، ހާމިދު ފަތުހުﷲ ވަޒީފާއިން ވަކިކޮށްފިއެވެ.
ސީއެންއެމްއަށް ޔަގީންވެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ މިމަހުގެ 16 ވަނަ ދުވަހެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 21 އިން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް އޭނާ ސަސްޕެންޑްކުރިިއިރު ސަސްޕެންޑް ކުރި ސީދާ ސަބަބު އެނގިފައެއް ނުވެއެވެ. އެކަމަކު އޭނާ ވަޒީފާއިން ވަކިކުރީ އިމިގްރޭޝަނަށް މިހާރު ގެންނަމުން އަންނަ ބަދަލުތަކަކާއި ގުޅިގެން ކަމަށް ވެއެވެ.

ސީއެސްސީން ވަނީ ހާމިދު ސަސްޕެންޝަނުގައި ހުރުމުން އެމަގާމަށް ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ރަމީޒު އައްޔަން ކުރައްވާފައެވެ.

އިމިގްރޭޝަންގެ އެ މައްސަލަ ސީއެސްސީން ބަލަމުން ދިޔައީ އިމިގްރޭޝަންގެ އެދުމުގެ މަތިންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުސޫލުން ބޭރުން ގިނަ ކަންކަން ހިންގާފައިވާތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރިން ވިދާޅުވެއެވެ. އެހެންކަމުން އިމިގްރޭޝަން ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔާލު

ރެކިފުތާ

އިންސާނީ ވަގުވިޔަފާރީގެ ބޮޑުހާލި އިމިގްރޭޝަންގެ ވަގުވިޔަފާރި ކުރުމުގެ އެންމެ ބޮޑު އެކަކުތީ.

ޭްރިޒާ

ތިޔަ ހާމިދާ އޭނާގެ މުޅި ޢާއިލާއަކީ ރީދޫކުލަ ޖެހި ހުސްވެފަ ތިބި ބަޔެއް ދެން ޔާމީނުގެ ވެރި ކަމުގަ ހާމިދު ކީއްބާ ކުރީ އަހުނަށް ހީވަނީ ތިޔަތާ ތެރޭ ބަޔަކު ޒާތީ ހަސަދައެއް ފިލުވާލީ ހެން ވެރިންނާ ގުޅިގެން

ޢަލީ

ބަދަލުވީ ވެރިމީހާގެ ނަން އެކަނި. ޖަރީމާ ކުރިއަށް. ޒީރޯ ޓޮލަރެންސް އޮންނާނީ މިވަރަށް.