Maamendhoo 5 ge akah fen vadhejje engine ge salaamaiyy kuranee
image
މާމެންދޫ ފަސް ގެއަކަށް ފެން ވަދެއްޖެ، އިންޖީނު ސަލާމަތް ކުރަނީ
އަހުމަދު
0 ކޮމެންޓް
 

މާމެންދޫ ފަސް ގެއަކަށް ފެން ވަދެއްޖެ، އިންޖީނު ސަލާމަތް ކުރަނީ

މިހާރު ކުރަމުންދާ ވިއްސާރާގައި ލ މާމެންދޫއަށް ބޯކޮށް ވާރޭވެހި ފަސް ގެއަކަށް ފެން ވަދެއްޖެ އެވެ.
ފުލުހުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ މާމެންދޫ ފަސް ގެއަކަށް ފެން ވަދެފައިވާ ކަމުގައެވެ. އެހެން ކަމުން ކައުންސިލާއި ފުލުހުން ގުޅިގެން ވެލިބަސްތާ ޖެހުމާއި ރައްޔިތުންގެ މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން އެރަށުގެ އިންޖީނުގެއަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާ ޖަހަމުން ގެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ވިއްސާރަ ކުރަނީ މެދުރާއްޖެ ތެރެއާއި ދެކުނަށެވެ.
ހިޔާލު