Laamu atholhuge 6 rasheh gai fen bodu vejje
image
ލާމަށް ކުރަމުންދާ ވިއްސާރާގައި ގެއަކަށް ފެން ވަދެފައި: ފޮޓޯ ޕޮލިސް
ސީއެންއެމް
0 ކޮމެންޓް
 

ލ އަތޮޅުގެ ހަ ރަށެއްގައި ފެން ބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ލ އަތޮޅުގެ ހަ ރަށެއްގައި ފެން ބޮޑުވެއްޖެ އެވެ.
ފުލުހުން ބުނީ ފެންބޮޑުވެފައިވަނީ ލ މާމެންދޫއާއި މާވަށާއި ކުނަހަންދޫއާއި ހިތަދޫއާއި ގަން އަދި ފޮނަދޫގައި ކަމުގައެވެ.
މި ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން އަދި އެރަށްރަށުގައި ހުރި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ފެން ހިންދުމާއި ގޭގެއަށް ގެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެރަށްރަށުގައި ހުރި ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މި ރަށްރަށުގައި ފެން ބޮޑުގެ ބައެއް ގޭގެއަށްވަނީ ފެން ވަދެފައެވެ. ނަމަވެސް އެ ތަންތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ހިޔާލު