Madifuttaai dhiyamingili ge 25 ge akah fen vadhejje
image
ވިއްސާރާގައި ގެއަކަށް ފެން ވަދެފައި
ސީއެންއެމް
0 ކޮމެންޓް
 

މަޑިފުއްޓާއި ދިޔަމިގިލީގެ 25 ގެއަކަށް ފެން ވަދެއްޖެ

މިހާރު ދެކުމަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ތ މަޑިފުއްޓާއި ދިޔަމިނގިލީގެ 25 ގެއަކަށް ފެން ވަދެއްޖެ އެވެ.
ފުލުހުން ބުނީ ވިއްސާރާގައި ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން އަދި އެރަށްރަށުގައި ހުރި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ފެން ހިންދުމާއި ގޭގެއަށް ގެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.



މީގެ އިތުރުން އެރަށްރަށުގައި ހުރި ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މި ރަށްރަށުގައި ފެން ބޮޑުގެ ބައެއް ގޭގެއަށް ފެން ވަދެފައިވީ ނަމަވެސް ނަމަވެސް އެ ތަންތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ
ހިޔާލު