Thinadhoo aai Villingili gai ves fen bodu vejje
image
ވިއްސާރާގައި ގެއަކަށް ފެން ވަދެފައި: ފޮޓޯ ޕޮލިސް
ސީއެންއެމް
0 ކޮމެންޓް
 

ތިނަދޫއާއި ވިލިނގިލީގައިވެސް ފެން ބޮޑުވެއްޖެ

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ގއ ވިލިނގިއްޔާއި ގދ ތިނަދޫގައިވެސް ފެން ބޮޑުވެއްޖެ އެވެ.
ފުލުހުން ބުނީ މި ދެރަށުގައި ފެން ބޮޑުވެފައިވާއިރު ތިނަދޫގެ ތިން ގެއަކަށް ފެން ވަދެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

ފުލުހުން މި ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން އަދި އެރަށްރަށުގައި ހުރި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ފެން ހިންދުމާއި ގޭގެއަށް ގެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެރަށްރަށުގައި ހުރި ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މި ރަށްރަށުގައި ފެން ބޮޑުގެ ބައެއް ގޭގެއަށް ފެން ވަދެފައިވީ ނަމަވެސް ނަމަވެސް އެ ތަންތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ
ހިޔާލު