Miadhaki dhunafatha alvadhaaukiya dhuvahah hedhumah govailahvaifi
image
ރައީސް ސޯލިހް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ
ސީއެންއެމް
1 ކޮމެންޓް
 

މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެއްދެވުމަށް ގޮވައިލައްވައިފި

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހް ގޮވައިލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.

ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީހީ ދުވަހެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ސިއްހީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

“މި ދެންނެވި ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ”
ހިޔާލު

އިބްރާހިމް

ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ އެއް މުދަލަކީ ސިނގަރޭޓެވެ.