Dhunfathuge Gavaidhuthah furihama ah thanfeez kurumah Raees Govalahvaifi
image
ރައީސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި: ފައިލް ފޮޓޯ
ސީއެންއެމް
0 ކޮމެންޓް
 

ދުންފަތުގެ ގަވާއިދުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ރައީސް ގޮވައިލައްވައިފި

ދުންފަތުގެ ގަވާއިދުތައް ފުރުހަމައަށް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހް ގޮވައިލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.

ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީހީ ދުވަހެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ސިއްހީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ މުޖްތަމަޢުގެ މަސްލަހަތަށްޓަކައި ހަދާފައިވާ މިފަދަ ގާނޫނުތަކާއި ގަވާއިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާއީ ފެންވަރުގައި މަސައްކަތް ކުރުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއް، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށް، ދައުލަތްތަކާއި މަދަނީ ޖަމުއިއްޔާތައް ބައިވެރިވެގެން، މަސައްކަތް ކުރުމަށް ބާރުއެޅުން ކަމުގައެވެ. އެގޮތުން މިއަހަރުގެ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ، [ފުއްޕާމޭގެ ދުޅަހެޔޮކަމާއި ދުންފަތް] މި ޝިޢާރުގެ މައްޗަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވާފައިވެއެވެ.
ހިޔާލު