CNM Badhige: Idiyappam Kurma
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: އިޑިޔައްޕަމް ކުރްމާ

ތިރީގައި އެވަނީ އިޑިޔައްޕަމް ކުރްމާ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

2 ޖޯޑް ހަމަވާނެވަރަށް ތަރުކާރި (ކެރޮޓް، ބީންސް، ޕީސް، އަލުވި)
3 މޭޒުމަތީ ސަމްސާ ތެޔޮ
ފޮނިތޮށި ކޮޅެއް
2 ކަރަންފޫ
1 ކާފޫރުތޮޅި
1 ފިޔާ (ބޮޑު)
1 ޓޮމާޓޯ
1 ތޮޅިމިރުސް
4/1 ސައިސަމްސާ ރީންދޫ
5/1 1 ސައިސަމްސާ މުގުރި މިރުސް (ކަޝްމީރީ ޗިލީ ޕައުޑަރ ބޭނުންކުރާށެވެ. އެހެންނޫންނަމަ، ބޭނުންވާ ކުލަ ނާރަފާނެއެވެ)
1 ސައިސަމްސާ ކޮތަނބިރި (މުގުރާފައި)
2/1 ސައިސަމްސާ ގަރަމްމަސާލާ ޕައުޑަރ
2/1 ސައިސަމްސާ ކަސޫރި މެތި
3/1 ފްރެޝް ކަރޑް
3-2 މޭޒުމަތީ ސަމްސާ ބޮއިލްޑް މިލްކް
4/1 ޖޯޑު ކާށި ހުނި
5 ކެޝޫ ނަޓްސް
2 ސައިސަމްސާ ޕޮޕީ ސީޑްސް (މުގުރާލުމުގެކުރިން، ހޫނުފެނުގައި ކުޑައިރުކޮޅަކު ބަހައްޓާލާށެވެ)
ލޮނު
2/1 ޖޯޑު ކޮރިއެންޑަރ ލީފް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ހުރިހާ ތަރުކާރީތައް ކުދިކުދިކޮށް ކޮށާލާށެވެ. އެއަށްފަހު އެތަކެތި މަޑުކޮށްލާފައި އެއްކައިރީގައި ބަހައްޓާށެވެ. ކާށިހުނި، ކެޝޫނަޓްސް، އަދި ޕޮޕީ ސީޑްސް އެއްޗަކަށް އަޅާފައި ޕޭސްޓްގަނޑަކަށް ވާގޮތަށް ހުރިހައި އެއްޗެއް އެއްކޮށްލާށެވެ.
ތަވާއެއްގެތެރޭގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު އޭގެތެރެއަށް ފޮނިތޮށި، ކަރަންފޫ، ކާފޫރުތޮޅި، ފިޔާ، ޓޮމާޓޯ، ތޮޅިމިރުސް، އަޅާފައި އެއްކުރާށެވެ. އެއަށްފަހު ޓޯމާޓޯގެ ކުލަ ބަދަލުވެލަންދެން ކައްކާލާށެވެ. ދެން އޭގެތެރެއަށް ރީންދޫ، ކޮތަނބިރި، މުގުރި މިރުސް، އަދި ލޮނު އަޅާފައި އިރުކޮޅަކު ކައްކާލާށެވެ.

އެއަށްފަހު އޭގެތެރެއަށް، ކައްކާފައިހުރި ތަރުކާރީތަކާއި ކާށިހުނި އަޅައިގެން ތައްޔާރުކޮށްފައިހުރި ޕޭސްޓްގަނޑު އަދި ކަރޑް އަޅާފައި އެއްކޮށްލާށެވެ. ރަގަޅަށް ހުރިހައި އެއްޗެއް އެއްކުރަމުން އިރުކޮޅަކު ކައްކާލާށެވެ. ދެން އޭގެތެރެއަށް ގަރަމްމަސާލާ އަދި ކަސޫރިމެތި ޕޭސްޓްގަނޑު އަޅާލާފައި އެއްކޮށްލާށެވެ. ހުރިހައި އެއްޗެއް ރަގަޅަށް އެއްކޮށްލައި އިރުކޮޅަކު ރަގަޅަށް ކައްކާލާށެވެ. އެއަށްފަހު އެންމެ ފަހު އެއްޗަކަށް އަޅާލާކީ މިލްކް ކޮޅެވެ. އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާފައި ކޮރިއެންޑަރ ލީވްސް އޭގެ މައްޗަށް ބުރުވާލާށެވެ.
ހިޔާލު