Cigarette buin huttaalaa meehunah bicycle dhey programe eh fashaifi
image
"ކުއިޓް.ރައިޑް.ލިވް ހެލްތީ" ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ބައިސްކަލް ހަވާލުކުރަނީ -- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ސިނގިރޭޓް ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއްދޭ ޕްރޮގްރާމެއް ފަށައިފި

ސިނގިރޭޓް ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ހަދިޔާކުރާ "ކުއިޓް.ރައިޑް.ލިވް ހެލްތީ" ޕްރޮގްރާމް އިއްޔެ ރާއްޖޭގައި ފަށައިފި އެވެ.
އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ވަނީ މީގެ ހަތަރު މަސް ކުރިން ސިނގިރޭޓް ބުއިން ހުއްޓާލި މީހަކަށް ބޮޑުބޭބެ ކިޔާ އުމުރުން 12 އަހަރުގެ ކުއްޖަކަށް ބައިސްކަލް ހަދިޔާކޮށްފަ އެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބައިކް މޯލްޑިވްސް އަދި ސިސޭޝަން ކްލިނިކްތައް ގުޅިގެން ފެށި ޕްރޮގްރާމް އިއްޔެ ހަވީރު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅު ދުވަހު އެ ޕްރޮގްރާމް އިފްތިތާހުކުރުމަށްފަހު މިނިސްޓަރު ވިދާޅުވީ ސިނގިރެޓުގެ ސަބަބުން އެބޯ މީހާ އާއި ނުބޯ މީހުންނަށް ވެސް ގެއްލުންވާއިރު، އެފަދަ ނުރައްކާތެރި އާދަތަކާއި ދުރުވާން ޖެހޭ ކަމަށެވެ.

ސިނގިރޭޓ
އިއްޔެ ފެށި ޕްރޮގްރާމުގައި ބައިވެރިވެ ބައިސްކަލް ހޯދުމަށް ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތަކުގައި ރަޖިސްޓްރީވާން ޖެހެ އެވެ.

އަދި ސިނގިރޭޓް ބުއިން ހުއްޓާލާތާ ތިން މަސް ފަހުން އެ މީހަކަށް ނުވަތަ އާއިލާގެ މީހަކަށް ބައިސްކަލް ހަދިޔާކުރާނެ އެވެ. އެކަމަކު ބައިސްކަލު މިލްކު ވާނީ ސިނގިރެޓް ބުއިން ހުއްޓާލާތާ އަހަރެއް ފަހުންނެވެ.
ހިޔާލު

މަ

މަގޭ ފިރިމީހާ 9މަސް ވެއްޖެ ހުއްޓާލާފަ.. 4 މަސް ކުރިން ހުއްޓާލި މީހަކަށް ލިބުން އިރު..ކީއްވެ މަގޭ ފިރިމީހާ އަށް ނުލިބުނީ