Eidhaai dhimaakoh June 4 adhi 5 gai haveeru vaguthu Malega vehicle dhuvvun manaakoffi
image
މާލޭގެ މަގެއްގައި ޓްރެފިކް ބާރުބޮޑުވެފައި -- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

އީދާއި ދިމާކޮށް ޖޫން 4 އަދި 5 ގައި ހަވީރު ވަގުތު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

ފިތުރު އީދު ދުވަހާއި ދުނިޔޭގެ ތިމާވެށީގެ ދުވަހު މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރި ގަރާރެއްގައި ބުނެފައި ވަނީ ޓްރެފިކް ބޮޑު މާލޭގައި އީދުގެ އުފަލުގައި މީހުން ނިކުމެ އުޅޭއިރު، އެކްސިޑެންޓެއް ދިމާވެދާނެ ކަމަށް ބަލައި، ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

"ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން މަގު މައްޗަށް ނިކުމެ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އުޅޭ ވަގުތު މީހަކަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި" ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ތިމާވެށީގެ ދުވަހު ހަވީރު ވަގުތުގައި މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތުން ޖޫން 4 ވާ އަންގާރަ އަދި ޖޫން 5 ވާ ބުދަ، މި ދެދުވަހު ހަވީރު 04:00 އިން 06:30 އަށް އިންޖީނުލީ އުޅަނދު މާލޭގައި ދުއްވުން މަނާ ވާނެ އެވެ.

އެ ގަރާރުގައި މާލެ ސިޓީ ކައުންސިލްގެ ހަތް މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. އެ ކައުންސިލުގައި ތިބެނީ ޖުމްލަ 13 މެމްބަރުންނެވެ.

ހިޔާލު