Bodethi kuhthah nubelenee minivan muahsasaa thakuge sababun: Azim
image
އަލީ އާޒިމް -- ފޮޓޯ ރާއްޖެ އެމްވީ
0 ކޮމެންޓް
 

ކުރީގެ ސަރުކާރުން ހިންގި ބޮޑެތި ކުށްތައް ނުބެލެނީ މިނިވަން މުއަައްސަސާތަކުގެ ސަބަބުން: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކުށްތަކާއި މައްސަލަތައް ރަނގަޅަށް ނުބެލެނީ މިނިވަން މުއައްސަސާތައް ރަނގަޅަށް "ފަންކްޝަން ނުކުރާތީ" ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަމުގައި އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭއިރު އެއާ އެއްވަރަށް މިނިވަން މުއައްސަސާތައް ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި މިހާތަނަށްވެސް ކުރީ ސަރުކާރުން ހިންގާފައިވާ ކުށްތައް ނުބެލެނީ މިނިވަން މުއައްސަސާތައް ރަނގަޅަށް ނުހިނގާތީ ކަމަށެވެ.

"ނިމިދިޔަ ސަރުކާރުގެ ވައްކަމުގެ ކަންކަން، ނިމިދިޔަ ސަރުކާރުން ނާޖާއިޒުކޮށް ކޮށްފަހުރި ކަންކަން، ނިމިދިޔަ ސަރުކާރުން މީހުން މަރާފަ މީހުން ގެއްލުވާލާފަ ހުރި ކަންކަން ނުބެލިގެން މިއުޅެނީ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ފުރުސަތު ނުލިބިގެން. ނޫނީ އެތާނގަ އެތިއްބެވި ބޭފުޅުން ރަނގަޅަށް ކަންކަން ނުކޮށްގެން،" ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅިވީ މިވީތަނަށް ކަން ހިނގަމުން އައި ގޮތަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވައިގެން ކަމަށެވެ. ނުވަތަ އެ މުއައްސަސާތައް މަސައްކަތް ކުރަން ބޭނުންވަނީ ސަރުކާރު އެދޭ ގޮތަށް ކަމަށެވެ.

"[މިވީތަނަށް] މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒުފޯރުވާ. ނޫނީ އެތާ ތިބޭ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތް އޮޅުން ފިލުވަން އެބަ ގުޅާ. މި ނުޖެހޭނެ މިހެންވާކަށް. މިއީ މުޅިން ވަކިވެފައިވާ މިނިވަން މުއައްސަސާތައް އުޅެން ޖެހޭނީ މިނިވަންކަމާއެކި،" އާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ވަނީ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައެވެ. އެ ކޮމިޝަންތައް ރައީސުލްޖުމްހޫރީޔާއަށް އުފައްދަވަން ޖެހިވަޑައިގަތީ ދައުލަތުގެ ބައެއް މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ހިޔާލު