33 aharuge jail hukum tholhiyah!
image
އަދުލްއިންސާފު ގާއިމުކުރުގެ ދާއިރާގެ އިސް ބޭފުޅުން--
7 ކޮމެންޓް
 

33 އަހަރުގެ ޖަލު ހުކުމް "ތޮޅިއަށް"!

ދުވަހެއް ދުވަހަކަށް، ރާއްޖޭގެ ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކުތައް ދަނީ އިތުރުވަމުންނެވެ. މިއަދު ވެސް ކޮރަޕްޝަނާއި އިންސާފުން ބޭރުން ހުކުމް ޖަހާވާހަކަ ދައްކާމީހުން މަދެއް ނޫނެވެ.
ދިވެހި ރައްޔިތުން އަބަދުވަސް ގޮވަމުންދަނީ އަދުލްއިންސާފަށެވެ. އިންސާފުވެރިކަމާއެކު މައްސަލަތައް ނިމޭތަން ދެކެން ދިވެހިން ވަރަށް ބޮޑަށް ބޭނުންވެއެވެ.

މީހުންގެ މައްޗަށް ޒާތީގޮތުން، ނުވަތަ ސިޔާސީ ގޮތުން "ޖައްސާލައިގެން" ކޯޓުތަކުން ހުކުމް ކުރުމަކީ ވަރަށް ދެރަ ވަރުކަމެކެވެ. ޝަރީއަތުގައި ހިނގާ މައްސަލަތަކުގައި ރަނގަޅު، ސާބިތު ހިފޭ ހެކި ހުށަހެޅުމަކީ އެ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ޖިނާއީ އަދުލްގެ ނިޒާމުގެ ތެރެއިން ޖިނާއި މައްސަލަތަކުގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ކްރިމިނަލް ކޯޓެވެ. އެކޯޓުން ކުރި ހުކުމަކީ ނުވަތަ ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭ ނަމަ ހައިކޯޓުގައި އެމައްސަލައެއް އިސްތިއުނާފް ކުރެވިދާނެ އެވެ. ހައިކޯޓުން ޝަރީއަތް ހިންގުމަށްފަހު ކުރާ ހުކުމަކީ ވެސް ކޮންމެވެސް އެއްފަރާތަކުން ހިތްހަމަ ނުޖެހޭ ކަމެއް އޭގައި އުޅޭނަމަ ސުޕްރީމް ކޯޓަށް އިލްތިމާސްއަށް ހުށަހެޅިދާނެ މައްސަލަތަކެކެވެ.

މައްސަލަ ސާބިތު ކުރުމަށް ހެއްކާއި ގަރީނާ ހުށަހެޅުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާއެކެވެ. ޖިނާއީ މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅެނީ ދައުލަތަށެވެ. ދައުލަތުގެ ފަރާތުން ދައުވާ ކުރާނީ ޕްރޮސެކިއުޓާ ޖެނަރަލް އެވެ.

ޖިނާއީ އަދުލްގެ ނިޒާމުން ފެންނަމުންދަނީ އެއިރެއްގެ އޮންނަ ސަރުކާރެއް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ދާއިރާއެއްގެ ގޮތުގަ އެވެ. ހަމަ އެކަނި ޖިނާއި އަދުލްގެ ނިޒާމެއް ވެސް ނޫނެވެ. މަދަނީ މައްސަލަތާކައި މުޅި ޝަރުއީ ދާއިރާ އޮތީ އެގޮތަށެވެ. މިއީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ޝަރުއީ ދާއިރާ އިސްލާހު ކުރާ ވާހަކަ ދައްކާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ވީކަމެއް "ހަރާމެވެ." ހައްތަހާ ދަނީ ބޮއްސުން ލަމުންނެވެ.

ޝަރުއީ ދާއިރާ ބޮއްސުންލާފައި ވާތީ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާގެ ގެއްލުންތައް އިންތިހާއަށް ދަނީ ވަމުންނެވެ. ހާއްސަކޮށް، ސީދާ ދައުލަތުން ރައްޔިތުންގެ ހައްގުތަކަށް އަރާގަންނަނީ އެވެ.

ޝަރުއީ ކޯޓުގައި، ޝަރީއަތުގެ މަޖިލީހުގައި ވެސް ދައުލަތުން "އެކައްޗެއް" ނުކިޔަ އެވެ. ދެފަހަރު ދެގޮތަށް ވާހަކަ ދައްކާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ދިވެހި ރައްޔިތުންނަށެވެ. ފަނޑިޔާރުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އަދި އެޓަނީ ޖެރަނަލް އިންނަވާނީ ބޮޑު މުސާރަ ނަންގަވައިގެން މަގާމު ދިފާއު ކުރެއްވުމުގަ އެވެ. ސަރުކާރު ބަދަލުވާއިރަށް، ޝަރުއީ ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ދައުލަތުން ކުރިން ދެއްކި ވާހަކަތައް ބަދަލުކޮށް، "ކޮޅު ބަދަލު" ކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

ކޮންމެ ގޮތެއްވިޔަސް އިނގޭ އެއްޗަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ބޮޑެތި އަދަދުތަކުން ދިވެހި ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމެވެ. އެކަން ކުރީ ސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެންނެވެ. އެތަން ތަނުގެ ވެރިންނަކީ ކޮބައިކަން ދިވެހި ރައްޔިތުންނަކަށް ނޯޅެއެވެ. ޒިންމާ ނަގަންޖޭ މީހުންވެސް ޝަރުއީ ކޯޓަށް ނޭނގުނަސް ދިވެހި ރައްޔިތުންނަށް އެނގެ އެވެ.

ހަމައެކަނި އެމްއެމްޕީއާރްސީން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގިއިރު، އެއީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ ކުޑަ ވަރެކެވެ. ފެނަކަ ކޯޕަރޭޝަނުގައިވެސް ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފުނި ޖެހިފައިވީއިރު، ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލެއްގެ ނަމުގައި 25 ބުރީގެ އިމާރާތެއް އަޅައިގެން ހިނގި ޖަރީމާތައް ވެސް ތަހުގީގު ކުރެވި، ޝަރީއަތަށް ގެންނަން ޖެހެއެވެ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހިނގާފައިވާ ޖަރީމާތައް ވެސް ތަހުގީގުކޮށް ޝަރީއަތް ކުރެވެންޖެހެ އެވެ. މޯލްޑިވް ގޭސްއިން ހައެއްކަ މިލިއަން ރުފިޔާ ހަރަދުކޮށްގެން މައިންބަފައިންގެ ހަދާނުގައި މިސްކިތް އެޅިއިރު، މި ހުންނަނީކީ ނުބަލާ ދޫކޮށްލާވަރުގެ ކުދިކުދި މައްސަލަތަކެއް ނޫނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރިން ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ބާތިލުކޮށް، މިނިވަންވެފަ އެވެ. އަދީބު މިނިވަންވީއިރު، އޭނާގެ މައްޗަށް ތަފާތު އެކިއެކި މައްސަލަތަކުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުން "ހާލިދުބުނު ވަލީދު" ފަދަ ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވި، އަދި ފަހުން އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ސަރުކާރުން ބޮޑު "ހާއިނެއްގެ" ގޮތުގައި ފަހުން ލޭބަލްކުރިއިރު، ދައުލަތުގެ "ސްޓޭންޑް" ސަރުކާރުގެ ސްޓޭންޑާއި ތަފާތެއް ނޫނެވެ.

ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭމެން ފަދަ ބޭފުޅުން ނޫސްވެރިން އެއްކޮށްލާފައި "ތިމަންނާމެން އަތުގައި ހެކި އެބަހުއްޓޭ" ވިދާޅުވެއްޖެނަމަ، ދައުލަތުން ވެސް އެއީ ތެދެއްކަމަށް ގަބޫލުކުރާތަން އާދެ އެވެ. ދައުލަތަށް ހެކި ނުލިބެނީސް، ދައުލަތުން ދައުވާކުރި ދުވަސް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އަދުލްއިންސާފު އޮތީ އޮތްތާނގަ އެވެ. ބަދަލުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމެވެ. ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އެންމެހައި ފަރާތްތައް އިސްލާހުކޮށްގެން ނޫން ގޮތަކަށް މިގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވެން ނެތެވެ.
ހިޔާލު

ދީދީގެ ބީފާނު

އަދިވެސް ކޯޓުތަކުގަތިބި ފަނޑިޔާރުން ދިފާއުވުމުގެ ވާހަކަ ލަދެއްނެތި އެތިބަދައްކަނީއެވެ. ތިމާގެ ނުވަތަ އަނބިމީހާގެ އެކައުންޓަށް ފައިސާ ޖަމާކޮށް އެކަންފަޅާއެރީމަ އެބުނަނީ ހައްޤުފައިސާއޭ. ނިކަންފުއްޕާފަ އެފައިސާ ހައްޤު ނުވަތަ ހަލާލުވިގޮތް ރައްޔިތުންނަށް ކިޔާލަދީބަލާށެވެ. ފަނޑިޔާރުކަމަށް އައިއިރު އަތުގަ މުކޮސްވެސްނެތް ވިޔަފާރިއެއްނުކުރާ މީހަކު އެވަރުގެ އަދަދެއްގެ ފައިސާއެއް ކުއްލިއަކަށް ހޯދިގޮތެއް ނިކަން ބުނެލަދީބަލާށެވެ.

އަހުމަދު

އެއްވެރިކަމުގައި ޖަލުގައި ހުންނަ މީހާ ވެރިކަންބދަލުވާއިރަށް އެބަ މިނިވަންވޭ މިވާ ނުވާ ބަލާދީބަލަ..

ނަޖްވާ

ފައްކާ ލިޔުމެއް!

ޙަސަނު

ގުޑު

މަގޭ

ވަކަރު ގަނޑާ މާވަޑިޔާ ހިތެކެވެ. ނިޔާއާ ފަޑިޔާރާ ހިތެކެވެ. އެއީ މިގައުމުގެ ހާލަތެވެ.

އަހްމަދު

މިމީހުން ލަދެއްނުގަނޭބާ؟

ސަދޫމް

ތިޔަ ކޯޓުތަކުގެ ފެންވަރު ތިއައެގެނީ. ނަޒާހަތްތެރިކަމާއި އަދުލު އިންސާފު ހުރީ އެއްމެމަތީ ދަރަޖާގައި ސަދޫމުގެ ކޯޓުތަކުގެ ފެންވަރަށް ވުރެ މަތީގައި... މިއޮތީވާ ޤައުމެއް...